ނޫސް ބަޔާން 23-10-2016 (MPAO-PR-2016-03)

2016-10-23 12:00

`

MPAO/PR/2016/03:ނަންބަރު

ނޫސްބަޔާން

 

ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ގަވާއިދަށް އިޞްލާޙު ގެނައުމާ ގުޅޭ.

ގަވާއިދު ނަންބަރު R-20/2014 (12 މާރިޗު 2014) (ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ގަވާއިދު) އަށް އެއްވަނަ އިޞްލާޙު ގެނެސް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށް 23 އޮކްޓޫބަރު 2016 އިން ފެށިގެން މި އިޞްލާޙަށް މިހާރު ވާނީ ޢަމަލުކުރަން ފަށާފައެވެ. އެގޮތުން އެ ގަވާއިދުގެ 31 ވަނަ މާއްދާއާއި 34 ވަނަ މާއްދާގެ ދަށުން ކުރަމުން އައި ޖޫރިމަނާ ތަކުގެ އަދަދުތައް މިހާރުވާނީ ކުޑަކުރެވިފައެވެ.

މި އިޞްލާޙުގެ މަޤްޞަދަކީ އެކިއެކި ސަބަބުތަކާހުރެ، މި ސްކީމުގައި ބައިވެރިނުވެ ތިބި ފަރާތްތައް ސްކީމުގައި ބައިވެރިވުމަށް ހުރި ދަތިތަކަށް އިދާރީ ގޮތުން ލުޔެއް ދިނުމެވެ. މިކަމުގެ ސަބަބުން މިހާތަނަށް ސްކީމުގައި ބައިވެރިނުވެ ތިބި ފަރާތްތަކަށް ސްކީމުގައި ބައިވެރިވުމަށް ހިތްވަރު ދީ، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ އެންމެހާ މުވައްޒަފުންނަކީވެސް މި ސްކީމުން ފައިދާ ލިބެމުންދާ މުވައްޒަފުން ކަމުގައި ވުމަށް ބާރަކަށްވެގެން ދިޔުމެވެ. ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިނުވާ ފަރާތްތައް ބައިވެރި ނުވެ ފާއިތުވާ ކޮންމެ މަހަކަށް ނެގުމަށް ހަމަޖެހިފައިވަނީ 500.00(ފަސް ސަތޭކަ) ރުފިޔާ އެވެ. ނަމަވެސް މިހާރު ޤަވާޢިދަށް މިގެނެވުނު އިޞްލާޙާއި ގުޅިގެން ވަޒީފާދޭ ފަރާތްތައް މި ސްކީމުގައި ބައިވެރިނުވާ ނަމަ، ޖޫރިމަނާ ގޮތުގައި ނެގޭނީ ޖުމްލަ 500.00ރުފިޔާ އެވެ. މީގެ އިތުރުން ވަޒީފާ ދޭ ފަރާތުން މި ގަވާއިދުގެ ދަށުން ބަލަހައްޓަންޖެހޭ ރެކޯޑުތައް ބަލަހައްޓަމުން ގެންގޮސްފައި ނުވާތީ، ކުރިން ޖޫރިމަނާ ކުރެވެމުން ދިޔަ ޢަދަދަށް ވެސް ވަނީ ބަދަލު ގެނެވިފައެވެ. މިގޮތުން ކުރިން ޖޫރިމަނާ ކުރެވުނީ ކުށުގެ ކުޑަބޮޑު މިނަށް ބަލައި، 500.00ރުފިޔާ އާއި 50,000.0(ފަންސާސް ހާސް) ރުފިޔާ ދެމެދު ޢަދަދެވެ. ނަމަވެސް މިގެނެވުނު އިޞްލާޙާއި ގުޅިގެން ވަޒީފާ ދޭ ފަރާތް މިހާރު ޖޫރިމަނާ ކުރެވޭނެ ޖުމްލަ ޢަދަދަކީ 1,000.00(އެއްހާސް) ރުފިޔާ އެވެ. 

ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ގަވާއިދަށް އިޞްލާޙު ގެނެސް އެ ގަވާއިދުގެ ދަށުން ކުރެވޭ ބައެއް ޖޫރިމަނާތައް ކުޑަކުރެވިފައި ވީނަމަވެސް މިކަމުގެ ސަބަބުން މި ސްކީމުގެ ބައިވެރިން ކަމުގައިވާ ވަޒީފާ އަދާކުރާ ފަރާތްތަކަށް އެކަމުގެ އެއްވެސް ގެއްލުމެއް ލިބެމުން ނުދާނެއެވެ. އެފަރާތްތަކަށް ޙައްޤުވާ މަންފާ އެފަރާތްތަކަށް މިހާރުވެސް ލިބެމުންދާ ގޮތުގެ މަތީން ބަރާބަރަށް ލިބެމުންދާނެއެވެ. 

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަކީ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުން ބާރު ލިބިގެން 2009 ވަނަ އަހަރު އުފައްދާފައިވާ މުއައްސަސާ އެކެވެ. މި އޮފީހުގެ މައިގަޑު މަޤްޞަދަކީ: 

-  ޕެންޝަން ސްކީމުތައް ބެލެހެއްޓުމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ޕެންޝަން ސްކީމުގެ ބައިވެރިންނަށް މަންފާ ކުރަނިވި ނިޒާމެއްގެ ތެރެއިން ޕެންޝަން ފޯރުކޮށްދީ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރުމެވެ. 

22 މުޙައްރަމް 1438

23 އޮކްޓޫބަރު 2016

 

ގެޒެޓް ވެބްސައިޓްގެ ލިންކްތައް

http://www.gazette.gov.mv/iulaan/view/53510 

http://www.gazette.gov.mv/gazette/download/4034