މޯލްޑިވްސް ފައިނޭންސް ފޯރަމް 2017 ގެ މެއިން ސްޕޮންސަރ އަކަށް އެލައިޑް

2017-05-09 09:27

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން މިމަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ހަމަ ޖެހިފައިވާ  މޯލްޑިވްސް ފައިނޭންސް ފޯރަމް 2017 ގެ މެއިން ސްޕޮންސަރ އަކަށް އެލައިޑް އިންޝުއަރެންސް ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ، މުހައްމަދު ހުސައިން މަނިކުއެވެ. އެލައިޑް އިންޝުއަރެންސްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ އަހުމަދުއަމީލެވެ.