ވަޒީފާގެ ފުރުސަތު: ކްލަޔަންޓް ރިލޭޝަންސް އޮފިސަރ

2017-08-08 08:11

މިއޮފީހުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް: ކްލަޔަންޓް ރިލޭޝަންސް އޮފިސަރ

ޓާރމްސް އޮފް ރެފަރެންސް 

ވަޒީފާއަށް އެދި ހުށަހަޅާ ފޯމް

ބޭނުންވާ ޢަދަދު: 1

މުސާރަ: 10,000.00ރ

 

މިމަޤާމަށް ލިބޭ ލަވަންސް:

  • ނޮންޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މަހަކު ގިނަވެގެން 3,500.00ރ (ތިންހާސް ފަސް ސަތޭކަ ރުފިޔާ).
  • ހަމަޖެހިފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް އެޓެންޑެންސް އެލަވަންސްގެ ގޮތުގައި 50ރ (ފަންސާސް ރުފިޔާ) ދެވޭނެއެވެ.
  • އިތުރުގަޑީގައްޔާއި، ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

ފެންވަރު ނުވަތަ ޝަރުތު:

  1. ބިޒްނަސް މެނޭޖްމަންޓް، މާރކެޓިންގ ނުވަތަ ކަސްޓަމަރ ސާރވިސްގެ ދާއިރާއަކުން ޑިޕްލޮމަރ، އެޑްވާންސް ޑިޕްލޮމަރ ނުވަތަ މި ލެވެލްގެ ޕްރޮފެޝަނަލް ސެޓްފިކޭޝަނެއް ހަސިލްކޮށަފައިވުން.
  2. ކަސްޓަމަރ ސާރވިސް ނުވަތަ ކަސްޓަމަރ ރިލޭޝަންސް ފަދަ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ހާސިލްކޮށްފައިވުން. މި މަޤާމުގެ މަސައްކަތުގައި ސްޕަވައިޒަރީ ރޯލެއްގައި މަސައްކަތު ތަޖުރިބާހުރިނަމަ އިސްކަންދެވޭނެ.
  3. ދިވެހި އަދި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން.
  4. މައިކްރޯސޮފްޓް ވޯޑް އަދި އެކްސެލްއަށް ފަރިތަވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

މިމަޤާމާ ގުޅޭ މައްސޫލިއްޔަތަކުގެ މަޢުލޫމާތު ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) މި އޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި ޢިއުލާނާއި އެއްކޮޑް ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަ ކުރެވިފައިވާ މި އޮފީހުގެ "ޖޮބް އެޕްލިކޭޝަން ފޯމް" އޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ވަނަވަރު (ސީވީ)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  5. ލިބިފައިވާ މަސައްކަތު ތަޖުރިބާތައް އަންގައިދޭ ލިޔެކިޔުން/ސެޓްފިކެޓްސް

 

 

ނޯޓް:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 އޮގަސްޓު 2017ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ސިޓީ ސްކޮއަރ (08 ވަނަ ފަންގިފިލާ)، ޗާނދަނީ މަގު

ފޯން: 1441

އީމެއިލް: [email protected]