ބައިނަލްއަޤުވާމީ އަންހެންކުދިންގެ ދުވަސް

2017-10-11 09:24

ބައިނަލްއަޤުވާމީ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިންތިޒާމުކޮށްގެން “ގަރލްސް ލީޑް އިނީޝިއޭޓިވް”ގެ ނަމުގައި ބާއްވާ ހަރަކާތުގައި މޯލްޑިވްސް ޕެންޝަން އޮފީހުން ބައިވެރިވެއްޖެއެވެ. މި ހަރަކާތުގައި ބައިވެރި ވާ ކުދިންނަށް ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގައި ވަޒީފާ އަދާކުރައްވަމުން ގެންދަވާ ނަމޫނާ އަންހެން ބޭކަނބަލުންނާއެކު މަސައްކަތްކުރުމުގެ ފުރުޞަތު ހޯދައިދެއެވެ.

ބައިނަލްއަޤުވާމީ އަންހެންކުދިންގެ ދުވަހަކީ، އަންހެންކުދިންގެ ޙައްޤުތައް ކުރިއެރުވުމަށާއި އަންހެންކުއްޖަކަށްވީތީ މުޖުތަމަޢުގައި ދިމާވާ ގޮންޖެހުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން، 2011 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުންދާ ދުވަހެކެވެ.