ކަލަންޑަރު ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް

2017-11-06 17:25


މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުންދޭ މަޢުލޫމާތާ އެއްގޮތަށް ކަލަންޑަރެއް ފަރުމާކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ޓާރމްސް އޮފް ރިފަރެންސް

 

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:


ތާރީޚު: 2017 ނޮވެންބަރު 9 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގައި
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ސިޓީ ސްކޮއަރ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)

 

ޕްރޮޕޯސަލް ބަލައިގަތުން:


ތާރީޚު: 2017 ނޮވެންބަރު 15 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގައި
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ސިޓީ ސްކޮއަރ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)

އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ކަލަންޑަރުގެ ލޭއައުޓެއް ހުށަހަޅުއްވަން ވާނެއެވެ. މި މަސައްކަތުގެ މަސްއޫލިއްޔަތުތަކާއި، ޒިންމާތައް ހިމެނޭ ޓަރމްސް އޮފް ރެފަރެންސް www.pension.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ.  އަދި އީމެއިލް އިންނަމަ  [email protected]  އަށް މެއިލްކުރެއްވުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ސިޓީ ސްކޮއަރ (8ވަނަ ފަންގިފިލާ)
ޗާންދަނީ މަގު، މާލެ.
ފޯނު: 1441
އީމެއިލް: [email protected]