އެކައުންޓަންޓްސް ފޯރަމް

2017-11-09 09:36

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި އެކައުންޓަންޓްސް ފޯރަމް: "މޯލްޑިވްސް އެކައުންޓަންޓްސް ފޯރަމް" ގައި ޕެންޝަން އޮފީހުން ބައިވެރި ވެއްޖެއެވެ. ހޯމަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްދިޔަ މި ފޯރަމްގައި ރާއްޖޭގައި މަސައްކަތް ކުރައްވާ އެކައުންޓިން އަދި އޮޑިޓިންގް ދާއިރާގެ ބޭފުޅުން ބައިވެރިވެލެއްވިއެވެ. މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަކީ މި ފޯރަމްގެ ކޯ ޕާރޓްނާއެކެވެ.