އެސްކިއުއެލް އެންޑް ޓެބްލޫ ޓްރެއިނިންގް

2017-11-12 10:51

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ އެސްކިއުއެލް އަދި ޓެބްލޫ ބޭނޫން ކޮށްގެން ޑޭޓާ އެނަލައިޒްކޮށް ވިޝުއަލައިޒް ކުރުމަށް ދަސްކޮށްދޭ ޓްރެއިނިންގް ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޓްރެއިނިންގް ޕްރޮގްރާމުގައި މި ޓޫލްސްތައް ބޭނުންކޮށްގެން ޕެންޝަން އޮފީހުގެ އެކި ޑިޕާރޓްމަންޓް ތަކުގައި ބޭނުންކުރާ ޑޭޓާ، ޓެކްނިކަލް އަދި ޓެކްނިކަލް ނޫން މުވައްޒަފުންނަށް ފަސޭހަކަމާއި އެކު ޑޭޓާ އެނަލައިޒްކޮށް ވިޝުއަލައިޒް ކުރެވޭނެގޮތް ދަސްކޮށްދެވޭނެއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފާ ވަނީ މިމަހުގެ 12 ން 15 ގެ ނިޔަލަށެވެ. މި ޓްރެއިނިންގް ޕްރޮގްރާމްގައި ޕެންޝަން އޮފީހުގެ އިންވެސްޓްމަންޓް މެނޭޖްމަންޓް ސެކްޝަނާއި ރިސްކް މެނޭޖަމަންޓް ޓީމުގެ އިތުރުން ޕެންޝަން އޮފީހުގެ ބޯޑު މެމްބަރުންވެސް ބައިވެރިވެލައްވައެވެ.

ޓްެރެއިނިންގައި މައުލޫމާތު ދެއްވަނީ އެނެލެޓިކަލް ދާއިރާއިން 14 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ލާނިން ޓްރީގެ އިންސްޓްރަކްޓަރެއްކަމަށްވާ މރ.ޖޯން ޔޫނީ އެވެ.