ވަޒީފާގެ ފުރުސަތު: ޑިސްޕެޓްޗް އޮފިސަރ

2017-11-29 10:37

ކޮންޓްރެކްޓް އުޞޫލުން، ދުވަހު މުސާރައަށް މި އޮފީހުގެ ލިޔެކިޔުންތައް ބަހައިދޭނެ ފަރާތެއް ހޯދުމަށް 15 ނޮވެމްބަރު 2017 ވަނަ ދުވަހު  ކޮށްފައިވާ ނަންބަރު 216MPAO/I/2017/28 އިޢުލާންއާއި ގުޅިގެން، އެއްވެސް ފަރާތެއް ކުރިމަތިލާފައި ނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

އުޖޫރަ:

  • މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 150 ރުފިޔާ އަދި ހަވާލު ކުރާ ކޮންމެ ލިޔުމަކަށް 10 ރުފިޔާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ދިވެހި ރައްޔިތެއްކަމުގައިވުން.
  • ދިވެހި އަދި އިނގިރޭސިބަހުން ލިޔަން ކިޔަން އަދި މުޢާމަލާތް ކުރަން  އެގުން
  • އަމިއްލަ ސައިކަލެއް ދުއްވާ، ލައިސަންސް އޮންނަ ފަރާތެއް ކަމުގައިވުން.
  • މި މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ސުންގަޑި:

މި މަސައްކަތްކޮށް ދެއްވުމަށް ޝަޢުގުވެރިވެލައްވާ، ފަރާތްތަކުން ތިރީގައި މިދަންނަވާ ލިޔެކިޔުންތައް 11 ޑިސެންބަރު 2017 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

  • މި މަސައްކަތްކޮށް ދިނުމަށް ޝައުގުވެރިވާކަން ބަޔާންކޮށް ހުށަހަޅާ ސިޓީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ
  • މި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ


މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ސިޓީ ސްކޮއަރ (08 ވަނަ ފަންގިފިލާ)، ޗާނދަނީ މަގު

ފޯން: 1441

އީމެއިލް: [email protected]