އަޅުގަނޑުމެން

2016-08-09 05:50

ތަޞައްވުރު

"ފާގަތި މުސްތަގުބަލަކަށް މާލީ ރައްކާތެރިކަން ކަށަވަރުކޮށް، ޕެންޝަން ފޯރުކޮށްދިނުމުގެ ޚިދްމަތް އޭގެ އެންމެ މަތީ ހަރުފަތުގައި ޙާސިލް ކުރުން"  

އަމާޒު

މެމްބަރުންގެ މަސްލަހަތު އޭގެ އެންމެ ފުރިހަމަ މާނައިގައި ހިމާޔަތްކޮށް، އިންވެސްޓްމަންޓް ރައްކާތެރި ކަމާއިއެކު ފުޅާކުރުމަށްޓަކައި ޕެންޝަން ފަންޑް މެނޭޖްކުރުން

 

މިގޮތުން އަޅުގަނޑުމެންގެ އަމާޒަކީ:

-ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އޮޓޮމޭޓަޑް ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުން 

-ޕެންޝަނާއިބެހޭ މަޢުލޫމާތު ފުޅާ ދާއިރާއެއްގައި ލިބިދިނުން

-ޕެންޝަނާބެހޭ ކަންކަމާއި ޚިދުމަތްތަކުގައި އުފެއްދުންތެރި އާ ގޮތްތަކަށް މަގުފަހިކުރުން

 

މައިގަނޑު އަސާސްތައް 

ޕްރޮފެޝަނަލިޒަމް: ނަޒާހަތްތެރިކަން، ސިއްރު ހިފެހެއްޓުން އަދި މަޤްޞަދު ހާޞިލްކުރުން

މުޢާމަލާތުކުރުން: ސާފު، ސީދާ އަދި ޙިއްސާކުރެވޭ މަޢުލޫމާތު

އުފެއްދުންތެރިކަން: ބޭނުންކުރަން ފަސޭހަ، ފަންނުވެރި އަދި އެންމެ ފަހުގެ ޓެކްނޮލޮޖީ

މަސައްކަތުގެ އާދަތައް: އެކުގައި މަސައްކަތްކުރުން، އިޙްތިރާމްކުރުން އަދި ދަސްކުރުމުގެ މާޙައުލު

ޒިންމާދާރުކަން: މަސްއޫލިއްޔާތު އުފުލުން، ތެދުވެރިކަން، ދެފުށްފެނުން އަދި ހިރާސް ތަކަށް ލޯހުޅުވިފައިވުން

 

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަކީ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން އުފެދިފައިވާ ގާނޫނީ ޝަޙްސެކެވެ. ޕެންޝަން އޮފީހުގެ މައިގަނޑު މަސައްކަތްތަކަކީ؛

-ޕެންޝަން ސްކީމްތައް ބެލެހެއްޓުން 

-ޕެންޝަން ޤާނޫނުގެދަށުން ޤާއިމުކުރެވޭ ސްކީމްތައް ހިންގުމާބެހޭ ގަވާއިދުތައް ހެދުމާއި

-އެކަމާބެހޭ މިންގަނޑުތަކާއި ގައިޑްލައިންތައް ހެދުން, އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ފައިސާ ދޫކުރުން

-އަދި ޕެންޝަން ސްކީމްތަކާބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގުން