އިސްވެރިން

2016-06-03 03:25

މުޙައްމަދު ޙުސައިންމަނިކު

ޗީފް އެގްޒެކެޓިވް އޮފިސަރ 

 

2009 ވަނަ އަހަރު މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް އުފެދުނީއްސުރެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު ފުރުއްވަމުން ގެންދަވަނީ މުޙައްމަދު ޙުސައިން މަނިކެވެ. މަނިކު ޕެންޝަން އޮފީހާއި ގުޅިވަޑައިގަތުމުގެ ކުރީން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމް ގިނަދުވަސްތަކެއްވަންދެން ފުރުއްވައި އެސް.ޓީ.އޯ.އަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ. އަދި، ޑިޕާޓްމަންޓް އޮފް ފިނޭންސް، މިހާރުގެ ނަމުންނަމަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގައި އިސް މަޤާމުތަކެއް މަނިކު ވަނީ ފުރުއްވާފައެވެ.

 

ކޯޕަރޭޓް ބިޒްނަސްގެ އެކިއެކި ރޮނގުން ފުޅާދާއިރާއެއްގައި މަސައްކަތްކޮށް މަނިކު ވަނީ ތަޖުރިބާ ހޯއްދަވާފައިވެއެވެ. އަދި، އެމެރިކާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުގެ މަޤާމު ފުރުއްވުމުގެ އިތުރުން، ރާއްޖޭގެ ގިނަ ކުންފުނިތަކެއްގެ ބޯޑުމެމްބަރުކަންވެސް މަނިކު އަދާކުރައްވާފައިވެއެވެ. ތައުލީމީ ރޮނގުން، މަނިކު ވަނީ ލުބްނާނުގެ އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތުން ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ބެޗްލާރސް ޑިގްރީ ޙާޞިލް ކުރައްވާފައެވެ.

ފޯން:1441

އީމެއިލް : [email protected]

 


ސުޖާތާ ހަލީމް

ޑައިރެކްޓަރ، ކޯޕަރޭޓް އެފެއާޒް

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމް.ޕީ.އޭ.އޯ.) އުފެދުމުގެ އަސްލު ކަމުގައިވާ ވޯލްޑް ބޭންކުން ޚަރަދުކޮށްގެން 6 އަހަރު ދުވަހުގެ މުއްދަތަށް ހިންގެވި ޕްރޮޖެކްޓް ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓް ގެ ޕްރޮޖެކްޓް މެނޭޖަރެއްގެ ހައިސިއްޔަތުން ރާއްޖޭގެ ޕެންޝަން ރިފޯމް ޕްރޮސެސް ހިންގާ ކުރިއެރުވުމުގައި ސުޖާތާ ހަލީމް މުހިންމު ރޯލެއް އަދާކުރައްވާފައިވެއެވެ.

ކާމިޔާބު ކަމާއިއެކު 2015 ވަނަ އަހަރު މިޕްރޮޖެކްޓް ނިންމާލުމަށްފަހު، ސުޖާތާ ވަނީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ގުޅިވަޑައިގެން ޕެންޝަން އޮފީހުގެ ޑައިރެކްޓަރ، ޕްރޮގްރާމްސްގެ މަޤާމު އަދާކުރައްވަން ފައްޓަވާފައެވެ. މަޤާމުގެ ޒިންމާތަކުގެ ތެރޭގައި ޕެންޝަން އޮފީހުގެ މަޤްޞަދުތަކާއި ލަނޑުދަނޑިތައް ހާސިލްކުރުމާއި، ޤާޢިމްކުރުމާއި، ކުރިއެރުވުން ހިމެނެއެވެ. އަދި މުޅި  އޮފީހުގައި ހިނގާ މަސައްކަތްތަކުގެ މިންވަރުބެލުމުގެ އިތުރުން، ޕެންޝަން އޮފީހުން ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ޕްރޮގްރާމްތައް ރާވާ ހިންގުމުގެ ޒިންމާ ހިމެނެއެވެ. ޖުލައި 2016 ގައި  ސުޖާތާ ވަނީ ޕެންޝަން އޮފީހުގެ، ޑިރެކްޓަރ ކޯޕަރޭޓް އެފެއާޒްގެ މަޤާމަށް އައްޔަންކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ފައިނޭސް ދާއިރާގައި ސުޖާތާ 10 އަހަރަށް ވުރެ ގިނަ މުއްދަތުގައި ވަޒީފާއަދާކޮށް މަސައްކަތުގެ ތަޖުރިބާ ހޯއްދަވާފައިވެއެވެ. މިގޮތުން، ދިވެހިރާއްޖޭގެ ނޭޝަނަލް ބޭންކް ކަމުގައިވާ ބޭންކް އޮފް މޯލްޑިވްސްގައި ވަޒީފާ އަދާކުރެއްވުމަށްފަހު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި ޑިސާސްޓަރ މެނޭޖްމަންޓް ސެންޓަރ ގައި އިސް މަޤާމްތަކެއް ފުރުއްވައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ. ސުޖާތާ ހަލީމް ވަނީ އިންޑިއާގެ ބެންގަލޫރު ޔުނިވަރސިޓީއިން މަތީ ތަޢުލީމް ހާޞިލް ކުރައްވައި ފައިނޭންސް އެންޑް މާކެޓިންގ ގެ ރޮންގުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފައެވެ. އަދި ފައިނޭންސްގެ ރޮނގުން ބެޗެލަރ އޮފް ކޮމާސް ހާސިލްކުރައްވާފައިވެއެވެ.

ފޯން:1441 

އީމެއިލް[email protected]


އަހްމަދު ޝަފީޒް

ޑިރެކްޓަރ، އޮޕަރޭޝަންސް 

އަހްމަދު ޝަފީޒް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ގުޅިވަޑައިގަތީ 2009 ވަނަ އަހަރުގައެވެ. ޝަފީޒްގެ މަސައްކަތުގެ މައްސޫލިއްޔަތުތަކުގެ ތެރޭގައި އޮޕަރޭޝަންސް ޑިޕާރޓްމަންޓް ބެލެހެއްޓެވުމާއި އައިޓީ ސިސްޓަމްސް އަދި ޑޭޓާ މެނޭޖްމަންޓް ސިސްޓަމްސް ހަރުދަނާކުރެއްވުން ހިމެނެއެވެ. މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ގުޅިވަޑައިގަތުމުގެ ކުރިން ހުންނެވީ މޯލްޑިވްސް މީޓިއޯރޮލޮޖިކަލް ސާވިސްގެ ޓެކްނިކަލް ސަޕޯޓް ސަރވިސަސްގެ އިސްވެރިއެއްގެ ގޮތުގައެވެ.

ޝަފީޒް ވަނީ އިންޑިޔާގެ ސިކިމް މަނިޕާލް ޔުނިވާރސިޓީ އޮފް ހެލްތް އެންޑް ޓެކްނޮލޮޖިކަލް ސައިންސަސްއިން މާރސްޓާސް އިން ކޮމްޕިއުޓަރ އެޕްލިކޭޝަންް ފުރިހަމަ ކުރައްވާފައެވެ. މީގެ އިތުރުން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމްސް އަދި އެޑްވާންސް ޓެކްނޮލޮޖީ އިން ބިޒްނަސް ސޮލިއުޝަންސްގެ ދާއިރާއިން ޝަފީޒް ވަނީ 10 އަހަރު ދުވަހުގެ ތަޖުރިބާ ހޯއްދާފައެވެ.

ފޯން :1441 

އީމެއިލް : [email protected] 


އިސްމާޢީލް ސުޖާޢު

ޑިރެކްޓަރ، ސްޓޭކްހޯލްޑަރ ރިލޭޝަންސް 

އިސްމާޢީލް ސުޖާޢު މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ގުޅިވަޑައިގަތީ 2010 ވަނަ އަހަރުއެވެ. މަޤާމުގެ މައްސޫލިޔާތުގެ ތެރޭގައި ހިމެނެނީ އޮފީހުގެ ޕަބްލިކް ރިލޭޝަންސް، ކްލަޔަންޓް ރިލޭޝަންސް، އޮފީހުގެ ސްޓްރެޓެޖިކް ޕްލޭނިންގ އަދި ސްޓޭކްހޯލްޑަރ ރިލޭޝަންސް މެނޭޖްކުރުމެވެ.

މިއޮފީހާއި ގުޅިވަޑައިގަތުމުގެ ކުރިން ހުންނެވީ އައިލެންޑް އޭވިއޭޝަން ސާރވިސަސް ލޓޑ ގެ އެސިސްޓަންޓް ޑިރެކްޓަރުގެ މަޤާމުގައެވެ. ސުޖާޢުވަނީ ޕަބްލިކް ރިލޭޝަންސް އަދި އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަން ރިސޯސަސްގެ ދާއިރާއިން 20 އަހަރު ދުވަހަށްވުރެ ގިނަދުވަހުގެ ތަޖުރިބާ ހާޞިލް ކުރައްވާފައެވެ. ސުޖާޢުވަނީ އޮސްޓްރޭލިއާގެ ޗާލްސް ސްޓާރޓް ޔުނިވާރސިޓީން ބެޗްލަރސް އޮފް ބިޒްނަސް މެނޭޖްމަންޓް އެންޑް އިކޮނޮމިކްސް ފުރިހަމަ ކުރައްވާފައެވެ.

ފޯން :1441

އީމެއިލް : [email protected] 


އައިޝަތު ނަޖްލާ

ޑިރެކްޓަރ، އިންވެސްޓްމަންޓް ކޮމްޕްލަޔަންސް އެންޑް އިންޓާރނަލް އޮޑިޓް 

އައިޝަތު ނަޖްލާ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ގުޅިވަޑައިގަތީ 2010 ވަނަ އަހަރުގައެވެ. މިއޮފީހުގެ އިންވެސްޓްމަންޓް ކޮމްޕްލައަންސާއި، އިންޓާރނަލް އޮޑިޓާއި ރިސްކް މެނޭޖްކުރުމުގެ ކަންކަން ބަލަހައްޓަވަނީ ނަޖްލާއެވެ.

ނަޖްލާ އޭނާގެ ފުރަތަމަ ވަޒީފާ ފެއްޓެވީ 2005 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސް އިންނެވެ. ބޭންކް އޮފް މޯލްޑިވްސް ގައި ތަފާތު ދާއިރާތަކުގައި މަސައްކަތް ކުރެއްވިއެވެ.ޕެންޝަން އޮފީހުގެ ޑިރެކްޓަރގެ މަޤާމަށް ވަޑައިގަތުމުގެ ކުރިން، މި އޮފީހުގެ އޮޕްރޭޝަންސް، އެޑްމިން އެންޑް އެޗް އާރު އަދި އިންވެސްޓްމަންޓް ކޮމްޕްލައަންސް ޑިޕާޓްމަންޓް ފަދަ ޑިޕާޓްމަންޓް ތަކުގެ މެނޭޖީރިއަލް މަޤާމްތަކުގައި މަސައްކަތް ކުރައްވާ ގިނަގުނަ ތަޖުރިބާވަނީ ޙާސިލްކުރައްވާފައެވެ. ނަޖްލާވަނީ ނިއު ކާސަލް ޔުނިވަރސިޓީން އެމް.ބީ.އޭ އަދި މޮނާޝް ޔުނިވަރސިޓީން ބޭންކިންގ އާއި ފައިނޭންސް ދާއިރާއިން ބެޗެލަރސް ޑިގްރީ ހާޞިލް ކުރައްވާފައެވެ. މީގެ އިތުރުން، އޭޝިއަން ރިސްކްމެނޭޖްމަންޓް އިންސްޓިޓިއުޓުން ސަރިޓިފައިޑް ރިސްކް އެނަސިލްޓެއްގެ ޕްރޮފެޝަނަލް ސެޓްފިކެޓް ވަނީ ހާސިލްކުރައްވާފައެވެ.

ފޯން :1441

އީމެއިލް : [email protected] 


އަބްދުލް ހަލީމް އަބްދުލް ލަތީފް

ޑިރެކްޓަރ، ފައިނޭސް އެންޑް ފަންޑް މެނޭޖްމަންޓް  

އަބްދުލް ހަލީމް އަބްދުލް ލަތީފް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ގުޅިވަޑައިގަތީ 2010 ވަނަ އަހަރުގައެވެ. ހަލީމުގެ މައިގަނޑު ޒިންމާއަކީ ފަންޑް އެކައުންޓް ބެލެހެއްޓުމާއި، އިންވެސްޓްމަންޓްތައް މެނޭޖް ކުރުމާއި ޕެންޝަން އޮފީހުގެ ފައިނޭންސް ޓީމް ލީޑްކުރުމެވެ. ހަލީމް ވަނީ އެކައުންޓިން ސިސްޓަމް ގާއިމު ކުރުމާއި، ފައިނޭންޝަލް މެނޭޖްމަންޓާއި ބިޒްނަސް ސްޓްރެޓަޖީ ފޯރމިއުލޭޓް ކުރުމާއި ތަރައްގީކުރުންފަދަ ދާއިރާތަކުގައި 10 އަހަރަށްވުރެ ގިނަ އަހަރުގެ ތަޖުރިބާ ހޯއްދަވާފައެވެ. ހަލީމް ވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ވޮލޮންގޮންގް އިން އެކައުންޓިން ރޮނގުން ފުރަތަމަ ޑިގްރީއެއް ޙާސިލް ކުރައްވާފައެވެ. އަދި ހަލީމަކީ ޗާޓަރޑް އެކައުންޓެންޓެއްގެ އިތުރުން، ޔޫކޭގެ ޗާޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓް (ސީމާ) ގެ މެންބަރެކެވެ.

މީގެ އިތުރުން ރެޑް ކްރެސެންޓްގެ ގަވަނިންގ ބޯޑުގެ މެމްބަރެއްގެ ހައިސިއްޔަތުން ޓްރެޜަރާގެ މަޤާމު ހަލީމް ފުރުއްވައެވެ.

ފޯން :1441

އީމެއިލް : [email protected]