ސީ.އެސް.އާރް

ސްޕޮންސަރކުރުމާއި އެހީދިނުން

ސްޕޮންސަރ ކުރުމާއި އެހީ ދިނުމުގައި ޕެންޝަން އޮފީހުގެ މަޤްޞަދަކީ އިޖްތިމާޢީ ރައްކާތެރިކަމާއި، މުޅި މުޖުތަމަޢުގެ ފައިދާއާއި ދުޅަހެޔޮކަމާ ގުޅުންހުރި ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން. 

އަޅުގަނޑުމެން އެހީ ފޯރުކޮށްދޭ ދާއިރާތައް:

  • އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި ޞިއްޙަތު
  • މުޖުތަމަޢުގެ ދުޅަހެޔޮކަމާއި ޞިއްޙަތު 
  • މާލީ ކަންކަމާމެދު ހޭލުންތެރިކަން އިތުރުކުރުމާ ގުޅޭ ޕްރޮޖެކްޓްތަކާއި ޕްރޮގްރާމްތައް 
  • ތިމާވެއްޓާ ގުޅުން ހުރި ޕްރޮގްރާމްތައް 

ސްޕޮންސަރ ކުރުމަށާއި އެހީއަށް އެދި ހުށަހެޅޭނެ ފަރާތްތައް:

  • ދިވެހިރާއްޖޭގައި ރަޖިސްޓަރކޮށްގެން ހިންގާ ޖަމްޢިއްޔާ ޖަމާޢަތްތައް (ސަރުކާރު، އަމިއްލަ)
  • ގަވާއިދުން އެކި އެކި ޕްރޮގްރާމްތަކާއި ޙަރަކާތްތައް ކުރިއަށްގެންދާ ޖަމްޢިއްޔާ ޖަމާޢަތްތައް

ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިޔުންތައް ހުށަހަޅުއްވާ:

  • ޕްރޮޕޯސަލް (އީމެއިލުން ނުވަތަ ސިޓީއަކާއެކު) ފޮނުއްވާނީ [email protected] އަށް (ހިންގަވަން ބޭނުންވާ ޙަރަކާތް/ޕްރޮގްރާމް ފަށާ ތާރީީޚުގެ އެންމެ މަދުވެގެން 3 ހަފްތާ ކުރިން ޕްރޮޕޯޒަލް ފޮނުއްވަން ވާނެ)
  • އެހީތެރިކަމަށް އެދޭ ޙަރަކާތް/ޕްރޮގްރާމާ ގުޅުންހުރި ލިޔުންތައް 

ޕްރޮޕޯޒަލް އިވެލުއޭޓް ކުރުމަށް ފަހު، ފްރޮޕޯޒަލާ ގުޅޭ ގޮތުން ނިންމި ނިންމުން ޙިއްޞާކުރާނެ.