އިންވެސްޓްމެޓް ޑިވިޝަންގެ ބޭނުމަށް އެކައުންޓަންޓެއް ހޯދުމަށް

2016-06-23 10:53

 

 

 (18 ޑިސެންބަރު 2014) ޢިއުލާނަށް އެކަށީގެންވާ އަދަދަކަށް216-MPAO/I/2014/56  މިއޮފީހުގެ ނަންބަރު

އެޕްލިކޭޝަން ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިއުލާން ކުރަމެވެ.

 

މިއޮފީހުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:    އެކައުންޓެންޓް

ބޭނުންވާ ޢަދަދު:  1

މުސާރަ:  18,000ރ

އެލަވަންސް:  މިއޮފީހުގެ ބޯޑުން ނިންމަވާފައިވާ އުޞޫލާއެއްގޮތްވާ ގޮތުގެ މަތިން ގިނަވެގެން މަހަކު 4,500.00ރ ގެ ނޮންޕްރެކްޓިސިންގް އެލަވެންސެއް ދެވޭނެއެވެ.

 

ފެންވަރު ނުވަތަ ޝަރުތު:

  1. އެކައުންޓިންގ ނުވަތަ ފައިނޭންސްގެދާއިރާއިން ބެޗެލާރސް ޑިގްރީއެއް ހާޞިލްކޮށްފައިވުން، އަދި އެސޯސިއޭޝަން އޮފް އެކައުންޓިންގ ޓެކްނީޝަންގެ(MAAT) ޕްރޮފެޝަނަލް ސެޓްފިކެޓެއް ހާޞިލްކޮށްފައިވުން. ނުވަތަ، އޭ.ސީ.ސީ.އޭ، ސީމާ ނުވަތަ ސީ.ޕީ.އޭގެ ޕްރޮފެޝަނަލް ސެޓްފިކެޓެއް ހާޞިލްކޮށްފައިވުން. އަދި އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިންް މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ޙާސިލްކޮށްފައިވުން.  
  2. މައިކްރޯސޮފްޓް  އެކްސެލް، ކުއިކް ބުކްސްގެ އިތުރުން އޮފީސް އެޕްލިކޭޝަން ސޮފްޓްވެއަރރަނގަޅަށް ބޭނުންކުރަން އެނގުން.
  3. ދިވެހި އަދި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން.

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ޖެނުއަރީ 2015 ވާ ހޯމަ ދުވަހުގެ 16:00ގެ ކުރިން ސިޓީ، އީމެއިލް ނުވަތަ ފެކްސް އަކުން އައި.ޑީ. ކާޑުގެ ކޮޕީ، ސީ.ވީ.، އެޓެސްޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ލިބިފައިވާ މަސައްކަތުގެ ތަޖްރިބާ އަންގައިދޭ ލިޔުމެއް ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. މިމަޤާމުގެ ވަޒީފާ ބަޔާންމިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ލިބެން ހުންނާނެއެވެ.

.  

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

އަމީނީމަގު،މާލެ، ދިވެހިރާއްޖެ.

ފޯން: 3309908(އެކްސްޓެންޝަން: 134، 335)

ފެކްސް: d3307759

އީމެއިލް: [email protected]