ގެދޮރު ގަތުމަށް ބޭނުންވާ ޑައުންޕޭމަންޓް ދެއްކުމަށް ޕެންޝަން ފައިސާ ރަހުނުކުރުން

2016-07-18 09:19

އިމާރާތްކޮށްނިމިފައިވާ ރޯހައުސް، ފްލެޓާއި ހައުސިންގ ޔުނިޓް އާންމުކޮށް ހުޅުވާލައިގެން ހާމަކަން ބޮޑުގޮތެއްގައި ގެދޮރުވިއްކާ ފަރާތަކުން ( ސަރުކާރުގެ ގެދޮރުވެރިކުރުމަށް ހިންގޭ ސްކީމް ނުވަތަ އަމިއްލަ ފަރުދުން ނުވަތަ ކުންފުނިތަކުން ގެދޮރު ގަނެވިއްކުމުގެ އުސޫލުން ހިންގާ ޕްރޮގްރާމްގެ ދަށުން) ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ގެދޮރު ގަތުމުގެ ފުރުސަތު އޮންނާނެއެވެ.

ޕެންޝަންފަންޑުގެ ފައިސާ ރަހުނު ކުރުވޭގޮތައް ޕެންޝަން އޮފީހާއިއެކު ލޯނުދޭ މުއައްސަސާއަކުން ޑައުންޕޭމަންޓް ގޮތުގައި ޕެންޝަންފަންޑުގެ ފައިސާ ބެހެއްޓޭނެކަމަށް އެއްބަސްވުމަށްފަހު އާންމުކޮށް ހުޅުވާލެވިގެން ވިއްކާ ފްލެޓް، ރޯހައުސް ނުވަތަ ހައުސިންގް ޔުނިޓް ގަތުމަށް ލޯނު ހަމަޖެހިފައިވާނަމަ، ޕެންޝަންފަންޑުގެ ފައިސާ ރަހުނު ކުރެވޭނެއެވެ. މީގެ އިތުރުން ޑީފޯލްޓް ވާ ހާލަތެއްގައި ޕެންޝަންފަންޑު ގައިވާ ފައިސަ ނެގުމުގު އިޚްތިޔާރެއް ނެތްކަމަށް ބައިވެރިން އެއްބަސްވާންޖެހޭނެއެވެ.

ލޯނު ނުދެއްކޭ ހާލަތުގައި ނުވަތަ ޑިފޯލްޓްވާ ހާލަތުގައި ނެގިފައިވާ ލޯނު އަނބުރާ ހޯދުމަށް ފުރަތަމަ ވިއްކާލެވޭނީ ލޯނުގެ ސެކިއުރިޓީގޮތުގައިވާ ގެދޮރެވެ. ލޯނު އަދާނުކޮށްގެން ސެކިއުރިޓީގޮތުގައިވާ ގެދޮރު ވިއްކާލައިގެންވެސް ލޯނުގެ އަދަށް ފައިސާ ހަމަނުވާނަމަ، މަދުވާ މިންވަރު ކޮލެޓަރަލައިޒް ކުރެވިފައިވާ އަދަދުން ނެގޭނެއެވެ.

ޕެންޝަން އޮފީހުން މެމްބަރުންނަށް ރިޓަޔަރމަންޓް ސޭވިންގް އެކައުންޓްގައިވާ ފައިސާގެ ޖުމްލަ ބެލުމަށް 2 ގޮތެއް އޮވެއެވެ.  މޯބައިލް އެޕް އަދި ވެބްސައިޓް މެދުވެރިކޮށެވެ.މި ދެހިދުމަތް ވެސް ބޭނުންކުރެވޭނި މެމްބަރުން ރަޖިސްޓްރީ ވުމަށް ފަހުއެވެ.