މޯލްޑިވްސް ފައިނޭންސް ފޯރަމް 2016

2016-07-17 09:01

މޯލްޑިވްސް ޕެންޝަން އޮފީހުން އިސްނަގައިގެން ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ "ދަ މޯލްޑިވްސް ފައިނޭންސް ފޯރަމް" މި އަހަރުވެސް ކުރިއަށް ދިޔައެވެ. އެއްދުވަހަށް ދުވަހަށް ބޭއްވި މި ފޯރަމްގައި ރާއްޖޭގެ ފައިނޭންޝިއަލް ސެކްޓަރގެ ގިނަ މުއައްސަސާތަކަކުން ބައިވެރިވިއެވެ. ފޯރަމް ގެ މިއަހަރު ޝިއާރަކީ "ފައިނޭންސް ސެކްޓާ މޮޑާނައިޒޭޝަން އެންޑް ރިފޯމް"އެވެ. މި ފަހަރުގެ ފޯރަމްގައިވެސް މާލީ ބާޒާރުގައި ދިމާވެފައިވާ ގޮންޖެހުންތަކާއި މި ގޮންޖެހުންތަކާއި ކުރިމަތި ލާނެ ގޮތުގެ މަޝްވަރާތައް ކުރިއަށް ދިޔައެވެ. ފޯރަމް ކުރިއަށް ދިޔައީ ދެ ދަންފަޅިއަކަށެވެ. މެންދުރު ފަހު ސެޝަންގައި ޕެނަލް ޑިސްކަޝަނެއް ކުރިއަށް ދިޔައެވެ. ޕެނަލްގައި ތިއްބަވާ ބޭފުޅުންނާއި ސުވާލު ކުރުމުގެ ފުރުސަތުވެސް ދެވުނެވެ.

 .