ގެދޮރު ގަތުމަށް ޕެންޝަން ފަންޑުގެ ފައިސާ ކޮލެޓަރަލައިޒް ކުރެވޭގޮތަށް ބޭންކް އޮފް މޯލްޑިވްސް އާއި އެކު އެއްބަސްވުމެއްގައި ސޮއިކުުރުން

2016-08-08 12:44

ގެދޮރު ގަތުމަށް ނެގޭ ލޯނުގެ ޑައުންޕޭމަންޓަށް ދައްކަންޖެހޭ ފައިސާ ޕެންޝަން ފަންޑުން ކޮލެޓަރަލައިޒް ކުރެވޭނެ މަގު ފަހިކުރުމައްޓަކައި ޕެންޝަން ގާނޫނަށް ވަނީ 28 އޭޕްރީލް 2016 ވަނަ ދުވަހު އިސްލާހެއް ގެނެވިފައެވެ. މި އިސްލާހާއި ގުޅިގެން މެންބަރުންގެ ރިޓަޔަމަންޓް ސޭވިންގ އެކައުންޓްގައިވާ ފައިސާ ކޮލެޓަރަަލައިޒްކޮށް، ގެދޮރު ގަތުމަށް ބޭނުންވާ ލޯނު ލިބޭނެގޮތް ހަމަޖެއްސުމަށްޓަކައި މިއަދު ޕެންޝަން އޮފީހުން ވަނީ ބޭންކް އޮފް މޯލްޑިވްސް އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް އާންމުކޮށް ހުޅުވާލެވިގެން ވިއްކާ ފްލެޓް، ރޯހައުސް އަދި ހައުސިންގ ޔުނިޓް ފަދަ ތަންތަން ގަނެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.