ގެދޮރު ގަތުމަށް ޕެންޝަން ފަންޑުގެ ފައިސާ ކޮލެޓަރަލައިޒް ކުރެވޭ ގޮތާއި ބެހޭގޮތުން ބޭއްވުނު މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

2016-08-10 08:05

ގެދޮރު ގަތުމަށް ޕެންޝަން ފަންޑުގެ ފައިސާ ކޮލެޓަރަލައިޒް ކުރުމާއި ބެހޭގޮތުން މިއަހަރުގެ ޖުލައި އަދި އޯގަސްޓް މަހުގެ ދުވަސްތަކަށް ބަހާލެވިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް ވަނީ ކުރިއަށް ގެންދެވިފައެވެ. މި އޮގަސްޓް މަހުގެ 10 ވަނަ ދުވަހު ބޭއްވުނު ބައްދަލުވުމަކީ މިގޮތުން ބޭއްވުނު ތިން ވަނަ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި ޖުމްލަ 160 މީހުން ބައިވެރިވިއެވެ. އަދި މިކަމަށް ޙާއްޞަ ކުރެވިފައިވާ ޕެނަލަކުން ބައިވެރިނަށް ބޭނުންވާ މަޢުލޫމާތު ސާފުކޮށްދީފައި ވެއެވެ.