މީރާ އިން ބޭއްވި ތިޔަކުދިންގެ ހަވީރުގައި އެމް.ޕީ.އޭ.އޯ އިން ބައިވެރިވުން

2016-08-11 06:50

މީރާގެ 6 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހުޅުމާލެ ސެންޓްރަލް ޕާރކްގައި "ތިޔަކުދިންގެ ހަވީރު" ނަމުގައި ބޭއްވުނު ކުޑަކުދިންގެ ހަވީރުގައި އެމް.ޕީ.އޭ.އޯ އިން ބައިވެރިވެއްޖެއެވެ. ކުޑަކުދިންނަށް ބޭއްވި މި ހަރަކާތް ހަވީރު 4 އިން ފެށިގެން 6 ޖަހަންދެއް ކުރިއަށް ގެންދެވުނެވެ. އެމް.ޕީ.އޭ.އޯ ގެ އިތުރުން 13 މުއައްސަސާއަކުން މި ހަރަކާތުގައި ބައިވެރިވިއެވެ.