އަންދާސީ ހިސާބު ހޯދުމަށް :ކަލަންޑަރެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން
2016-10-15 10:34
އަންދާސީ ހިސާބު ބޭނުންވެއްޖެ : ކަލަންޑަރެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުންދޭ މަޢުލޫމާތާ އެއްގޮތަށް ކަލަންޑަރެއް ފަރުމާކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:
ތާރީޚު: 18 އޮކްޓޫބަރު2016،އަންގާރަ ދުވަހު ފަހުމެންދުރު2:00
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ މީޓިންގ ރޫމް (މޫކައި ސްއިޓްސް 6 ވަނަ ފަންގިފިލާ، ހަވީރީ ހިނގުން)
އަންދާސީ ހިސާބު ބަލައިގަތުން
ތާރީޚު: 25 އޮކްޓޫބަރު2016ވާއަންގާރަ ދުވަހު މެންދުރުފަހު 2:00
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ މީޓިންގ ރޫމް (މޫކައި ސްއިޓްސް 6 ވަނަ ފަންގިފިލާ، ހަވީރީ ހިނގުން)
އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ކަލަންޑަރުގެ ލޭއައުޓެއް ހުށަހަޅުއްވަން ވާނެއެވެ. މި މަސައްކަތުގެ މަސްއޫލިއްޔަތުތަކާއި، ޒިންމާތައް ހިމެނޭ ޓަރމްސް އޮފް ރެފަރެންސް www.pension.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ. އަދި އީމެއިލް އިންނަމަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.
11މުހައްރަމް1437
12 އޮކްޓޫބަރު2016