ވަޒީފާގެ ފުރުސަތު - މެނޭޖަރ، ޕެންޝަންސް އެންޑް ކްލެއިމްސް

2016-09-29 07:16

"މެނޭޖަރ، ޕެންޝަންސް އެންޑް ކްލެއިމްސް" ގެ މަޤާމަށް މީހަކު ހޯދުމަށް މިއޮފީހުން ކޮށްފައިވާ ނަންބަރު 216-MPAO/I/2016/22 (4 ސެޕްޓެންބަރު 2016) އިޢުލާނާ ގުޅިގެން، އެވަޒީފާއަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ވަޒީފާގެ ޝަރުޠުތައް ހަމަވާ ފަރާތްތައް އެކަށީގެންވާ ވަރަށްވުރެ މަދުކަމަށް ފާހަގަ ކުރެވޭތީ، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

މިއޮފީހުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:  މެނޭޖަރ، ޕެންޝަންސް އެންޑް ކްލެއިމްސް

ބޭނުންވާ ޢަދަދު:  1

 

ފެންވަރު ނުވަތަ ޝަރުތު:

1.  ބިޒްނަސް އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ބެޗެލާރސް ޑިގްރީއެއް ނުވަތަ އެއާ އެއްފެންވަރެއްގެ ޕްރޮފެޝަނަލް ސަނަދެއް ޙާޞިލްކޮށްފައިވުން. (އިސްވެދެންނެވުނު ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ). 

2.  މެނޭޖީރިއަލް ލެވެލްގައި މަސައްކަތްތަކާގުޅޭ ދާއިރާއަކުން މަދުވެގެން 5އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

3.  ދިވެހި އަދި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގޭ ފަރާތެއް ކަމުގައިވުން.

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 އޮކްޓޫބަރު 2016 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެފޯމުގައި ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިޔުންތަކާއެކު ތިރީގައިވާ އެޑްރެހަށް ނުވަތަ އީމެއިލް އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ވަޒީފާއަށްއެދޭ ފޯމާއި މިމަޤާމުގެ ވަޒީފާ ބަޔާން މިއޮފީހުގެ ވެބްސައިޓުން (http://pension.gov.mv) ލިބެން ހުންނާނެއެވެ.

މިމަޤާމަށް މީހަކު ހޯދުމަށް ކުރެވުނު ފުރަތަމަ އިޢުލާނާ ގުޅިގެން އެޕްލިކޭޝަން ހުށަހެޅުއްވި ފަރާތްތަކަށް އަލުން އެޕްލިކޭޝަން ހުށަހަޅުއްވާކަށް ނުޖެހޭނެއެވެ. އަދި މިމަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

މޫކައި ސުއިޓްސް (6ވަނަ ފަންގިފިލާ)

ހަވީރީ ހިނގުން،މާލެ.

ފޯނު: 1441

އީމެއިލް: [email protected]