އެޗް.ޑީ.އެފް.ސީއައީ އެކު ގެދޮރު ގަތުމަށްޓަކައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ކޮލަޓަރަލައިޒް ކުރެވޭގޮތުގެ އެގްރީމަންޓްގައި ސޮއިކުރުން

2016-08-29 06:14

 ގެދޮރު ގަތުމަށްޓަކައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ކޮލަޓަރަލައިޒް ކުރެވޭގޮތުގެ އެގްރީމަންޓްގައި މިފަހަރު ސޮއިކުރެވުނީ ހައުސިންގް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލސ (އެޗް.ޑީ.އެފް.ސީ) އާއި އެކުއެވެ. ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔައީ އެޗް.ޑީ.އެފް.ސީ ހިންގާ އިމާރާތުގައެވެ.  ޕެންޝަން އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ، މުޙައްމަދު ހުސެއިން މަނިކުއެވެ. އެޗް.ޑީ.އެފް.ސީގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ، ޑރ. އޭ.ޑީ.ޕްރިޔަންކާ ބަދެވިތަނާއެވެ.

Press release: 29 August 2016 (Dhivehi)