ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ޕެންޝަނާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުން

2016-10-20 12:00

ޕެންޝަން އޮފީހުން އިސްނަގައިގެން ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ޕެންޝަނާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމާއި ހޭލުންތެރިކުރުމުގެ ސެޝަންތައް ފަށާފިއެވެ. މިސެޝަންތަކަކީ ވޭތުވެދިޔަ އަހަރުތަކުގައިވެސް ވަރަށް ތަރުހީބު ލިބެމުން ދިޔަ ސެޝަންތަކެކެވެ. މިސެޝަންތަކުގެ މަޤްސަދަކީ ވަޒީފާ ދޭފަރާތްތަކާއި ވަޒީފާގައި މިހާރު އުޅޭ މުވައްޒަފުންނަށް ޕެންޝަނާއިބެހޭ މައުލޫމާތު އެންމެ ފުރިހަމަ ގޮތުގައި ދިނުމާއި ޕެންޝަނާއި ގުޅުންހުރި ސުވާލުތަކަށް ޖަވާބުދިނުމެވެ.
މިފަދަ ސެޝަންތައް ކުރިއަށް ގެންދިއުމުގައި ރީސޯޓުތަކުގެ މެނޭޖުމަންޓުން ލިބެމުންދާ ތަރުހީބު މި އޮފީހުން ފާހަގަ ކޮށްލަމެވެ.