ޑެސްކް ކަލަންޑަރު ޗާޕްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

2016-11-09 15:45

އިޢުލާން

      

           ނަންބަރު: 216-MPAO/I/2016/32

އަންދާސީހިސާބު ބޭނުންވެއްޖެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުންދޭ މަޢުލޫމާތާ އެއްގޮތަށް ޑެސްކް ކަލަންޑަރު ޗާޕްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 2016 ނޮވެންބަރު 15 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (މޫކައި ސްއިޓްސް 6 ވަނަ ފަންގިފިލާ، ހަވީރީ ހިނގުން)

 

ޕްރޮޕޯސަލް ބަލައިގަތުން:

ތާރީޚު: 2016 ނޮވެންމްބަރު 22 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (މޫކައި ސްއިޓްސް 6 ވަނަ ފަންގިފިލާ، ހަވީރީ ހިނގުން)

 

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ.  އަދި އީމެއިލް އިންނަމަ  [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

 

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

މޫކައި ސުއިޓްސް (6ވަނަ ފަންގިފިލާ)

ހަވީރީ ހިނގުން، މާލެ.

ފޯނު: 1441

އީމެއިލް: [email protected]