މިއޮފީހުގެ އޮފީސްޖާގަ ކޮންޓްރެކްޓް އުޞޫލުން ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

2016-11-09 15:40

 

އިޢުލާން

  ނަންބަރު: 216-MPAO/I/2016/31

އަންދާސީ ހިސާބު ބޭނުންވެއްޖެ

ޢުމަރު ޝޮޕިންގ އާކޭޑުގެ 8 ވަނަ ފަންގިފިލާއާ 9 ވަނަ ފަންގިފިލާގައި ހަދާފައިވާ މިއޮފީހުގެ އޮފީސްޖާގަ ކޮންޓްރެކްޓް އުޞޫލުން ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިޚިދުމަތް ފޯރުކޮށްދެއްވުމަށް ޝަޢުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ބަޔާން ކޮށްފައިވާ ތާރީޚާއި ގަޑިއަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 15 ނޮވެންބަރު 2016 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގައި

ތަން: އުމަރު ޝޮޕިންގ އާކޭޑް ބިލްޑިންގގެ 8 ވަނަ ފަންގިފިލާ

 

ޕްރޮޕޯސަލް ބަލައިގަތުން:

ތާރީޚު: 20 ނޮވެންބަރު 2016 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (މޫކައި ސުއިޓްސްގެ 6 ވަނަ ފަންގިފިލާ)

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ، ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 

މި އިޢުލާނާ ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ފޯނު ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ.

 

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

މޫކައި ސުއިޓްސް (6 ވަނަ ފަންގިފިލާ)

ހަވީރީ ހިނގުން، 20222

މާލެ، ދިވެހިރާއްޖެ

ފޯން ނަންބަރ: 1441

ފެކްސް: 3307759

އީމެއިލް: [email protected]