މެނޭޖްމަންޓް އޮޑިޓެއް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

2016-11-13 15:40

އިޢުލާން

ނަންބަރު: 216-MPAO/I/2016/33

މެނޭޖްމަންޓް އޮޑިޓެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އޮފީހުގެ މެނޭޖްމަންޓް އޮޑިޓެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މި އޮފީހަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯސަލް ބަލައިގަތުން:

ތާރީޚު: 29 ނޮވެންބަރު 2016 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން.

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (މޫކައި ސުއިޓްސްގެ 6 ވަނަ ފަންގިފިލާ)

 

ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯސަލް ހުށަހަޅުއްވާނީ ވަކިވަކިންނެވެ. ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދެންނެވިފައިވާ ދުވަހަށް ޕްރޮޕޯސަލް މި އޮފީހުގެ ރިސެޕްޝަނަށް ހުށަހެޅުއްވުން އެދެމެވެ.

ޓާރމްސް އޮފް ރިފަރެންސް

މި އިޢުލާނާ ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ފޯނު ނަންބަރު 1441 އަށް ގުޅުއްވުން އެދެމެވެ.

 

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

މޫކައި ސުއިޓްސް (6 ވަނަ ފަންގިފިލާ)

ހަވީރީ ހިނގުން، 20222

މާލެ، ދިވެހިރާއްޖެ

ފޯން ނަންބަރ: 1441

ފެކްސް: 3307759

އީމެއިލް: [email protected]

 

 

13 ނޮވެންބަރު 2016