ކ . ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ މުވައްޒަފުންނަށް މައުލޫމާތު ދިނުން

2016-11-24 05:41

ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ މުވައްޒަފުންނަށް ޕެންޝަނާއިބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކ . ހިންމަފުށީގައި ކުރިއަށްގެންގޮސްފިއެވެ. މި ސެޝަންގައި ގެދޮރު .ގަތުމަށް ނެގޭ ލޯނުގެ ޑައުންޕޭމަންޓަށް ދައްކަންޖެހޭ ފައިސާ ޕެންޝަން ފަންޑުން ކޮލެޓަރަލައިޒް ކުރުމާއި 23 އޮކްޓޫބަރު 2016 ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ގަވާއިދަށް ގެނެވުނު އިޞްލާޙާއި ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ދެވުނެވެ.  މައުލޫމާތު ދިނުމުގެ ސެޝަނަށް ފަހު ޕެންޝަނާއި ގުޅޭ ގޮތުން ސުވާލާއި ޖަވާބު ސެޝަނެއް ކުރިއަށް ގެންދެވުނެވެ.