ވަޒީފާގެ ފުރުސަތު - މެނޭޖަރ، އެކައުންޓްސް

2016-11-29 08:52

ވަޒީފާގެ ފުރުޞަތު

216-MPAO/I/2016/34:ނަންބަރު

މަޤާމް: މެނޭޖަރ، އެކައުންޓްސް

ބޭނުންވާ ޢަދަދު: 1

މުސާރަ:          26,000.00 – 24,000.00ރ

ފެންވަރު ނުވަތަ ޝަރުތު:

  1. އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ބެޗެލާރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން، ނުވަތަ، އޭ.ސީ.ސީ.އޭ، އޭ.އޭ.ޓީ، ސީމާ ނުވަތަ ސީ.ޕީ.އޭގެ ޕްރޮފެޝަނަލް ލެވެލްގެ ސެޓްފިކެޓެއް ހާޞިލްކޮށްފައިވުން.
  2. އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިންް މެނޭޖްމެންޓް ލެވެލްގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ޙާޞިލްކޮށްފައިވުން.  
  3. މައިކްރޯސޮފްޓް  އެކްސެލް، ކުއިކް ބުކްސްގެ އަދި އޮފީސް އެޕްލިކޭޝަން ސޮފްޓްވެއަރ ރަނގަޅަށް ބޭނުންކުރަން އެނގުން.
  4. ދިވެހި އަދި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން.

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 ޑިސެންބަރު 2016 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެފޯމުގައި ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިޔުންތަކާއެކު ތިރީގައިވާ އެޑްރެހަށް ނުވަތަ އީމެއިލް އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ވަޒީފާއަށްއެދޭ ފޯމާއި މިމަޤާމުގެ ވަޒީފާ ބަޔާން މިއޮފީހުގެ ވެބްސައިޓުން (http://pension.gov.mv) ލިބެން ހުންނާނެއެވެ.

މިމަޤާމަށް މީހަކު ހޯދުމަށް ކުރެވުނު ފުރަތަމަ އިޢުލާނާ ގުޅިގެން އެޕްލިކޭޝަން ހުށަހެޅުއްވި ފަރާތްތަކަށް އަލުން އެޕްލިކޭޝަން ހުށަހަޅުއްވާކަށް ނުޖެހޭނެއެވެ. އަދި މިމަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

ޓާމް އޮފް ރިފަރެންސް

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

މޫކައި ސުއިޓްސް (6ވަނަ ފަންގިފިލާ)

ހަވީރީ ހިނގުން، މާލެ.

ފޯނު: 1441

އީމެއިލް: [email protected]

 

28 ނޮވެންބަރު 2016