އިންޓީރިއަރ ޑިޒައިނިންގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް
2016-12-05 14:31
އިޢުލާން
ނަންބަރު: 216-MPAO/I/2016/36
އަންދާސީ ހިސާބު ބޭނުންވެއްޖެ
ޢުމަރު ޝޮޕިންގ އާކޭޑުގެ 8 ވަނަ ފަންގިފިލާގައި ހަދާފައިވާ މިއޮފީހުގެ ރިސެޕްޝަން އޭރިއާގެ އިންޓީރިއަރ ޑިޒައިނިންގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިޚިދުމަތް ފޯރުކޮށްދެއްވުމަށް ޝަޢުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ބަޔާން ކޮށްފައިވާ ތާރީޚާއި ގަޑިއަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:
ތާރީޚު: 12 ޑިސެންބަރު 2016 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގައި
ތަން: އުމަރު ޝޮޕިންގ އާކޭޑް ބިލްޑިންގގެ 8 ވަނަ ފަންގިފިލާ
ޕްރޮޕޯސަލް ބަލައިގަތުން:
ތާރީޚު: 15 ޑިސެންބަރު 2016 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގައި
ތަން: )މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (މޫކައި ސުއިޓްސްގެ 6 ވަނަ ފަންގިފިލާ)
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ، ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
މި އިޢުލާނާ ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ފޯނު ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
މޫކައި ސުއިޓްސް (6 ވަނަ ފަންގިފިލާ)
ހަވީރީ ހިނގުން، 20222
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރ: 1441
ފެކްސް: 3307759
އީމެއިލް: [email protected]
05 ޑިސެންބަރު 2016