"ޕެންޝަން ކުއިޒް 2016"

2016-12-18 14:09

ޕެންޝަން އޮފީހުގެ ފަރާތުން ކުރިއަށްގެންދާ "ޕެންޝަން ކުއިޒް 2016" ފަށައިފިއެވެ. މި ކުއިޒް ކުރިއަށްދަނީ ދިވެހި ރާއްޖޭގެ އަޑުން ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު ރޭ 11:00އިން 12:00 އަށެވެ. 

ޕެންޝަން ކުއިޒެއް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ޕެންޝަން ސްކީމް ތަކަށް، ޚާއްސަކޮށް ދިވެހިރާއްޖޭހެ ރިޓަޔަރަމަންޓް ޕެންޝަން ސްކީމަށް ވަޒީފާދޭ ފަރާތްތަކާއި، ވަޒީފާއަދާކުރާ ފަރާތްތައް، އަދި ޖުމްލަކޮށް ދިވެހި ރައްޔިތުން ހޭލުންތެރިކުރުވުމެވެ. މިގޮތުން ރޭޑިއޯ ކުއިޒެއް ބޭއްވުމުގެ މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އެންމެހާ ފަރާތްތަކަށް ފަސޭހަކަމާއެކު މިފަދަ ކުއިޒެއްގައި ބައިވެރި ވުމުގެ މަގު ފަހިކޮށްދިނުމެވެ. މިގޮތުން ބޭއްވޭ ކުއިޒުން ގިނަ ފަރާތްތަކަށް ޕެންޝަނާބެހޭ މަޢުލޫމާތު ލިބިގެން ދިއުމަކީ މިކުއިޒް ބޭއްވުމުގެ އެންމެ މުހިއްމު މަގްސަދެވެ.

މި މުބާރާތުގައި އޮންނާނީ ޢާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ 10 ޕްރޮގްރާމާއި، ސެމީފައިނަލްގެ 2 ޕްރޮގްރާމާއި ފައިނަލް ޕްރޮގްރާމެކެވެ. 

 

ޕެންޝަން ކްއިޒްގެ އިނާމު ލިބޭ ފަރާތްތައް.

ނަޖުމާ އަހުމަދު ފ. ނިލަންދޫ ތްރީބާރޑްސް

ޙުސެއިން ފަރުހާދު ކ. މާފުށި އާފިޔާ މަންޒިލް

ޢާސިމާ ދ. ހުޅުދެލި ކަރަންކާވިލާ

ޖަމީލާ އިސްމާއިލް ފ. ނިލަންދޫ ކެނެރީގެ

ނަބީލާ ރުޝްދީ އއ. ބޮޑުފުޅަދޫ 

މުހައްމަދު ރަޝީދު ފ. ނިލަންދޫ ކިނާރާ

އަބުދުﷲ ރަޝީދު ފ. ނިލަންދޫ ކެނެރީގެ

ޒައިނަބު ޢަލީ ހދ. ނޮޅިވަރަމް ދިލްކަޝްވިލާ

މޫސާ އަހުމަދު ފ. ބިލެތްދޫ ހީނާމާގެ

 

މި ކުއިޒްގެ އިނާމުތަކުގައި ހިމެނެނީ

  • ކޮންމެ ހަފްތާއަކުވެސް އެއްވަނަ އަށްދާ ބައިވެރިޔަކަށް އުރީދޫން ހުށަހަޅައިފައިވާ 500 ރުފިޔާގެ މޯބައިލް މަނީ ވައުޗަރ

މުޅި މުބާރާތުން އެއްވަނަ އަށްދާ ފަރާތަކަށް

  • ހުއާވޭ ޕީ9 ލައިޓް ފޯނެއް
  • ޕްރިޕެއިޑް ސިމް
  • އަދި 1000 ރުފިޔާގެ މޯބައިލް މަނީ ވައުޗަރ
  • ޕެންޝަން އޮފީހުން ހުށަހަޅައިފައިވާ 5000 ރުފިޔާ

 މުޅި މުބާރާތުން ދެވަނަ އަށްދާ ފަރާތަކަށް

  • އުރީދޫ 3ޖީ މައިފައި
  • ޕްރިޕެއިޑް ބޮރޯޑްބޭންޑް ސިމް
  • 199 ޑާޓާ ކާޑަކައި
  • 500 ރުފިޔާގެ މޯބައިލް މަނީ ވައުޗަރ
  • ޕެންޝަން އޮފީހުން ހުށަހަޅައިފައިވާ 3000 ރުފިޔާ

މުޅި މުބާރާތުން ތިންވަނަ އަށްދާ ފަރާތަކަށް

  • އުރީދޫ 3ޖީ ޑޮންގަލް
  • ޕްރިޕެއިޑް ބްރޯޑްބޭންޑް ސިމް
  • 199 ޑާޓާ ކާޑަކައި
  • 500 ރުފިޔާގެ މޯބައިލް މަނީ ވައުޗަރ
  • ޕެންޝަން އޮފީހުން ހުށަހަޅައިފައިވާ 2000 ރުފިޔާ