ވަޒީފާގެ ފުރުސަތު - އެސިސްޓެންޓް ކްލަޔަންޓް ރިލޭޝަންސް އޮފިސަރ

2016-12-20 15:25

މިއޮފީހުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ. 

މަޤާމް:  އެސިސްޓެންޓް ކްލަޔަންޓް ރިލޭޝަންސް އޮފިސަރ 

ޓާރމްސް އޮފް ރިފަރެންސް 

ވަޒީފާއަށް އެދި ހުށަހަޅާ ފޯމް 

ބޭނުންވާ ޢަދަދު:    1

މުސާރަ:       7,500.00ރ

އެލަވަންސް:     ނޮންޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މަހަކު ގިނަވެގެން 2,500.00ރ އަދި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް އެޓެންޑެންސް އެލަވަންސްގެ ގޮތުގައި 50ރ މިއޮފީހުގެ ބޯޑުން ނިންމަވާފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ދެވޭނެއެވެ. 

ފެންވަރު ނުވަތަ ޝަރުތު:

  1. ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. އަދި ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް (އެޗް.އެސް.ސީ) އިމްތިޙާނުގައި ދިވެހި މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. (މާކެޓިންގ، ކޮމިޔުނިކޭޝަންސް ނުވަތަ ސޭލްސް އެންޑް މާރކެޓިންގ ފަދަ ދާއިރާއަކުން ޑިޕްލޮމާ ޙާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)
  2. ކަސްޓަމަރ ސާރވިސް ނުވަތަ ކަސްޓަމަރ ރިލޭޝަންސް ފަދަ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ޙާސިލްކޮށްފައިވުން. (ކޯލް ސެންޓަރ ފަދަ ތަނެއްގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)
  3. ކޮމްޕިއުޓަރ އެޕްލިކޭޝަންތައް ބޭނުންކުރަން ރަނގަޅަށް އެނގުން.
  4. ދިވެހި އަދި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން.

 

މިމަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 29 ޑިސެންބަރު 2016 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއި މިމަޤާމުގެ ވަޒީފާ ބަޔާން މިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. މި މަޤާމަށް އެޕްލިކޭޝަން ފޯމު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ދެންނެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

 

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

8 ވަނަ ފަންގިފިލާ، ޢުމަރު ޝޮޕިންގ އާކޭޑް، ޗާނދަނީމަގު، މާލެ

ފޯން: 1441

އީމެއިލް: [email protected]