ގެދޮރު ގަތުމަށް ޕެންޝަން ފަންޑުގެ ފައިސާ ކޮލެޓަރަލައިޒް ކުރެވޭގޮތަށް އިސްލާމިކް ބޭންކް އާއި އެކު އެމްއޯޔޫގައި ސޮއިކުުރުން

2016-12-26 12:32

މެންބަރުންގެ ރިޓަޔަމަންޓް ސޭވިންގ އެކައުންޓްގައިވާ ފައިސާ ކޮލެޓަރަަލައިޒްކޮށް، ގެދޮރު ގަތުމަށް ބޭނުންވާ ލޯނު ލިބޭނެގޮތް ހަމަޖެއްސުމަށްޓަކައި މިއަދު ޕެންޝަން އޮފީހުން ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް އާއިއެކު އެމްއޯޔޫ އެއްގައި ސޮއިކޮށްފައެވެ. އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ 26 ޑިސެންބަރު 2016 ވަނަ ދުވަހު ޢުމަރު ޝޮޕިންގ އާކޭޑް ގެ 8 ވަނަ ފަންގިފިލާގައި ހުންނަ ޕެންޝަން އޮފީހުގައެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް އާންމުކޮށް ހުޅުވާލެވިގެން ވިއްކާ ފްލެޓް، ރޯހައުސް އަދި ހައުސިންގ ޔުނިޓް ފަދަ ތަންތަން ގަނެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.