ޕެންޝަން ފޮޓޯ ކޮންޓެސްޓް 2016

2016-12-28 09:03

މި އޮފީހުން އިންތިޒާމް ކޮށްގެން 10 އޮކްޓޫބަރު 2016 ން 30 ނޮވެމްބަރު 2016 އަށް ކުރިއަށް ގެންދިޔަ ޕެންޝަން  ފޮޓޯ މުބާރާތު ގެ ނަތީޖާ ފާޅުކުރުމާއި މުބާރާތައް ހުށަހެޅުނު ފޮޓޯތައް ދައްކުވައިދޭ މައުރަޒު ހުޅުވުން 28 ޑިސެމްބަރު 2016 ގައި ނެޝަނަލް އާޓް ގެލެރީގައި ބާއްވާފިއެވެ.

މުބާރާތުން އެއްވަނަ ލިބުނީ ހުސެއިން ނިޔާޒް (ރޯޒްމީޑް، ނ.ޅޯހީ) ހުށަހެޅި ފޮޓޮއަށެވެ.

ދެވަނައަށް ދިޔަ ފޮޓޯއަކަށް ހޮވިފައިވަނީ ސައްދާމް ނަސީމް(ފީރޯޒުގޭ،ގދ. ތިނަދޫ) ހުށަހެޅި ފޮޓޯއެވެ.

މުބާރާތުން ތިންވަނައަށް ހޮވިފައިވަނީ ޒަމްއަތު އަހުމަދު(އުޑުވިލާގެ،ގއ. ކަނޑުހުޅުދޫ) ހުށަހެޅި ފޮޓޯއެވެ.

ފޮޓޯތައް ދައްކުވައިދޭ މައުރަޒު 28 ޑިސެންބަރު 2016، 20:00ން 22:00އަށް އަދި 29 ޑިސެންބަރު 2016، 09:00ން 20:00އަށް، ނެޝަނަލް އާޓް ގެލެރީގައި އޮންނާނެއެވެ.