ޕެންޝަން ފޮޓޯ މައުރަޒު 2016

2016-12-28 13:41

ޕެންޝަން ފޮޓޯ މުބާރާތު ގެ ނަތީޖާ ފާޅުކުރުމާއި މުބާރާތައް ހުށަހެޅުނު ފޮޓޯތައް ދައްކުވައިދޭ މައުރަޒު ހުޅުވުން 28 ޑިސެމްބަރު 2016 ގައި ނެޝަނަލް އާޓް ގެލެރީގައި ބާއްވާފިއެވެ. މައުރަޒު ބާއްވާފައިވަނީ އާންމުންނަށް ވަދެވޭ ގޮތަށް 28 އަދި 29 ޑިސެންބަރު ދެދުވަހުއެވެ.

މުބާރާތުގެ ވަނަތައް:

މުބާރާތުން އެއްވަނަ ލިބުނީ ހުސެއިން ނިޔާޒް (ރޯޒްމީޑް، ނ.ޅޯހީ) ހުށަހެޅި ފޮޓޮއަށެވެ.

ދެވަނައަށް ދިޔަ ފޮޓޯއަކަށް ހޮވިފައިވަނީ ސައްދާމް ނަސީމް(ފީރޯޒުގޭ،ގދ. ތިނަދޫ) ހުށަހެޅި ފޮޓޯއެވެ.

މުބާރާތުން ތިންވަނައަށް ހޮވިފައިވަނީ ޒަމްއަތު އަހުމަދު(އުޑުވިލާގެ،ގއ. ކަނޑުހުޅުދޫ) ހުށަހެޅި ފޮޓޯއެވެ.