ކ. ގުރައިދޫގައި ހުންނަ ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މަސައްކަތް ކުރާ މުވައްޒަފެއް ސްޕޮންސަރ ކުރުން

2017-01-04 16:42

ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މަސައްކަތް ކުރާނެ މުވައްޒަފުން ސްޕޮންސަރ ކުރާ އިދާރާތަކުން އެގްރިމެންޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތު 4 ޖަނައަރީ 2016 ވަނަ ދުވަހު މިނިސްޓްރީ އޮފް ހެލްތްގައި ބާއްވާފިއެވެ. މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ފަރާތުން މި އެގްރިމެންޓްގައި ސޮއިކުރެއްވީ ސީއީއޯ އަލްފާޞިލް މުޙައްމަދު ހުސައިން މަނިކުއެވެ. 

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ފަރާތުން ސްޕޮންސަރ ކޮށްފައިވަނީ އޮކިއުޕޭޝަނަލް ތެރެޕިސްޓްއެއްގެ އެއް އަހަރު ދުވަހުގެ މުސާރައެވެ. ޕެންޝަން އޮފީހުގެ އިތުރުން، މުވައްޒަފުން ސްޕޮންސަރ ކުރުމުގެ އެގްރިމެންޓްގައި އެސްޓީއޯ، އެމްއޭސީއެލް އަދި މޫކައި  ހޮޓެލްސްއިން ވަނީ   ސޮއިކޮށްފައެވެ.