ހުޅުލެ އައިލެންޑް ހޮޓެލްގެ މުވައްޒަފުންނަށް މައުލޫމާތު ދިނުން

2017-01-09 09:43

ހުޅުލެ އައިލެންޑް ހޮޓެލްގެ މުވައްޒަފުންނަށް ޕެންޝަނާއިބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް 09 ޖެނުއަރީ 2016 ވީ ހޯމަ ދުވަހު ކުރިއަށްގެންގޮސްފިއެވެ. އަދި މި ސެޝަންގައި ގެދޮރު ގަތުމަށް ނެގޭ ލޯނުގެ ޑައުންޕޭމަންޓަށް ދައްކަންޖެހޭ ފައިސާ ޕެންޝަން ފަންޑުން ކޮލެޓަރަލައިޒް ކުރުމާއި 23 އޮކްޓޫބަރު 2016 ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ގަވާއިދަށް ގެނެވުނު އިޞްލާޙާއި މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ މެމްބަރުން އަތުން ނެގޭ ފީ 1 ޖެނުއަރީ 2017 އިން ފެށިގެން %0.8 އަށް ކުޑަކުރުމާއި ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ދެވުނެވެ. މައުލޫމާތު ދިނުމުގެ ސެޝަނަށް ފަހު ޕެންޝަނާއި ގުޅޭ ގޮތުން ސުވާލާއި ޖަވާބު ސެޝަނެއް ކުރިއަށް ގެންދެވުނެވެ.

ޕެންޝަން އޮފީހުން ހިންގޭ މިފަދަ ސެޝަންތަކުގެ މަޤްސަދަކީ ވަޒީފާ ދޭފަރާތްތަކާއި ވަޒީފާގައި މިހާރު އުޅޭ މުވައްޒަފުންނަށް ޕެންޝަނާއިބެހޭ މައުލޫމާތު އެންމެ ފުރިހަމަ ގޮތުގައި ދިނުމާއި ޕެންޝަނާއި ގުޅުންހުރި ސުވާލުތަކަށް ޖަވާބުދިނުމެވެ.