ހޭވައްލާ ސާފުކުރަމާ!

2017-01-22 13:18

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އާއި ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން އިސްވެ 21 ޖެނުއަރީ 2016 ވީ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ހޭވައްލާ ސާފުކުރަމާ އިވެންޓްގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ފަރާތުން ބައިވެރިވެއްޖެއެވެ. ސާފު ކުރުން ހަރަކާތް ހެނދުނު 6:30 އިން ފެށިގެން މެންދުރު 12 ޖަހަންދެން ކުރިއަށް ގެންދެވުނެވެ. މޯލްޑިވްސް ޕެންޝަން އޮފީހުގެ އިތުރުން 42 މުއައްސަސާއަކުން މި ހަރަކާތުގައިވަނީ ބައިވެރިވެފައެވެ.