ވަޒީފާގެ ފުރުސަތު - އެސިސްޓެންޓް ކްލަޔަންޓް ރިލޭޝަންސް އޮފިސަރ

2017-01-30 11:22

މިއޮފީހުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

ޓާރމްސް އޮފް ރިފަރެންސް 

ވަޒީފާއަށް އެދި ހުށަހަޅާ ފޯމް 

މަޤާމް: އެސިސްޓެންޓް ކްލަޔަންޓް ރިލޭޝަންސް އޮފިސަރ

ބޭނުންވާ ޢަދަދު: 1

މުސާރަ: 7,500.00ރ

އެލަވަންސް: ނޮންޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މަހަކު ގިނަވެގެން 2,500.00ރ އަދި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް އެޓެންޑެންސް އެލަވަންސްގެ ގޮތުގައި 50ރ މިއޮފީހުގެ ބޯޑުން ނިންމަވާފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ދެވޭނެއެވެ.  

ފެންވަރު ނުވަތަ ޝަރުތު:

  1. ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. އަދި ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް (އެޗް.އެސް.ސީ) އިމްތިޙާނުގައި ދިވެހި މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. (މާކެޓިންގ، ކޮމިޔުނިކޭޝަންސް ނުވަތަ ސޭލްސް އެންޑް މާރކެޓިންގ ފަދަ ދާއިރާއަކުން ޑިޕްލޮމާ ޙާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)
  2. ކަސްޓަމަރ ސާރވިސް ނުވަތަ ކަސްޓަމަރ ރިލޭޝަންސް ފަދަ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ޙާސިލްކޮށްފައިވުން. (ކޯލް ސެންޓަރ ފަދަ ތަނެއްގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)
  3. ކޮމްޕިއުޓަރ އެޕްލިކޭޝަންތައް ބޭނުންކުރަން ރަނގަޅަށް އެނގުން. 
  4. ދިވެހި އަދި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން.

 

މިމަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 09 ފެބުރުވަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއި މިމަޤާމުގެ ވަޒީފާ ބަޔާން މިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. މި މަޤާމަށް އެޕްލިކޭޝަން ފޯމު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ދެންނެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

 

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ޢުމަރު ޝޮޕިންގ އާކޭޑް (09 ވަނަ ފަންގިފިލާ)، ޗާނދަނީ މަގު

ފޯން: 1441 

ފެކްސް: 3307759

އީމެއިލް: [email protected]