ފަހަށް ރައްކާކުރުމާއި އިންވެސްޓް ކުރުން

2017-01-30 16:14

ފަހަށް ރައްކާކުރުމާއި އިންވެސްޓް ކުރުމާއި ބެހޭ ގޮތުން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން 26 ޖަނަވަރީ 2017 ދުވަހު ބޭއްވި އިންފޮމޭޝަން ސެޝަންގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބައިވެރި ވެއްޖެއެވެ. ޕެންޝަން އޮފީހުގެ ފަރާތުން ސެޝަންގައި މައުލޫމާތު ދެއްވީ ޑިރެކްޓަރ، ފައިނޭންސް އެންޑް ފަންޑް މެނޭޖްމަންޓް، އަބްދުލް ހަލީމް އަބްދުލް ލަތީފެވެ. ޕެންޝަން އޮފީހާއި ޕެންޝަންފަންޑުގެބޭނުން ތެރިކަމާއި ޕެންޝަން ފަންޑުގެ އިންވެސްޓްމަންޓް ތަކާއި ބެހޭ ގޮތުން ބައިވެރިންނަށް މައުލޫމާތު ދެވުނެވެ.