ރެހެންދި ސްކޫލްގެ ދަރިވަރުންނަށް ޕެންޝަނާއި ބެހޭ ގޮތުން މައުލޫމާތު ދިނުން

2017-02-01 10:57

ރެހެންދި ސްކޫލްގެ ދަރިވަރުންނަށް ޕެންޝަނާއި ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް 1 ފެބުރުވަރީ 2017 ވީ ބުދަ ދުވަހު އެ ސްކޫލްގައި ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަނުގައި ދަރިވަރުންނަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ މުހިންމުކަމާއި، މި ސްކީމުގެ ދަށުން މެމްބަރުންނަށް ގެދޮރު ގަތުމަށް ނެގޭ ލޯނުގެ ޑައުންޕޭމަންޓަށް ދައްކަންޖެހޭ ފައިސާ ޕެންޝަން ފަންޑުން ކޮލެޓަރަލައިޒް ކުރެވޭނެ ގޮތާއި ޕެންޝަންގެ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ މައުލޫމާތު ދެވުނެވެ.