ކަލާފާނު ސްކޫލްގެ ދަރިވަރުންނަށް ޕެންޝަނާއި ބެހޭ ގޮތުން މައުލޫމާތު ދިނުން

2017-02-09 13:42

ކަލާފާނު ސްކޫލްގައި ކިޔަވަމުންދާ ގްރޭޑް 10 ގެ ދަރިވަރުންނަށް އަމާޒްކޮށްގެން ޕެންޝަނާއި ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް 9 ފެބުރުވަރީ 2017 ވީ ބުރާސްފަތި ދުވަހު އެ ސްކޫލް ހޯލުގައި ކުރިއަށް ގެންގޮސްފިއެވެ.

މި ސެޝަނުގައި ދަރިވަރުންނަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ މުހިންމުކަމާއި، މި ސްކީމުގައި ބައިވެރިވެވޭ ގޮތާއި، ޕެންޝަން ސްކީމުތަކުގެ މައުލޫމާތު ދިނުމާއި ޕެންޝަންގެ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ މައުލޫމާތު ދެވުނެވެ. މިފަދަ ސެޝަންތަކުން މަޤްސަދަކީ ސްކޫލް ކުދިން ވަޒީފާއަށް ނުކުންނަ އިރު ޕެންޝަނަށް ހޭލުންތެރިކަން އިތުރުކުރުމެވެ.