ޕްރޮމޯޝަނަލް މެޓިރިއަލް ތައްޔާރު ކޮށްދޭނެ އެޑްވަޓައިޒިންގ އެޖެންސީ އެއް ހޯދުމަށް
2017-02-23 11:14
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް ބޭނުންވާ ޕްރޮމޯޝަނަލް މެޓީރިއަލް ތައްޔާރު ކޮށްދޭނެ އެޑްވަޓައިޒިންގ އެޖެންސީ އެއް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:
ތާރީޚު: 2017 މާރިޗު 2 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގައި
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޢުމަރު ޝޮފިންގ އާކޭޑް، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)
ޕްރޮޕޯސަލް ބަލައިގަތުން:
ތާރީޚު: 2017 މާރިޗު 15 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގައި
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޢުމަރު ޝޮފިންގ އާކޭޑް، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)
މި މަސައްކަތުގެ މަސްއޫލިއްޔަތު ތަކާއި، ޒިންމާތައް ހިމެނޭ ޓަރމްސް އޮފް ރެފެރަންސް www.pension.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ. އަދި އީމެއިލް އިންނަމަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ޢުމަރު ޝޮފިންގ އާކޭޑް، 8 ވަނަ ފަންގިފިލާ
ޗާންދަނީ މަގު، މާލެ.
ފޯނު: 1441
އީމެއިލް: [email protected]