ވަޒީފާގެ ފުރުސަތު - ޑޭޓާ ބޭސް އެޑްމިނިސްޓްރޭޓަރ

2017-02-26 12:11

މިއޮފީހުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް: ޑޭޓާ ބޭސް އެޑްމިނިސްޓްރޭޓަރ

ޓާރމްސް އޮފް ރިފަރެންސް ވިދާޅުވުމަށް

ވަޒީފާއަށް އެދި ހުށަހަޅާ ފޯމް

ބޭނުންވާ ޢަދަދު: 1

މުސާރަ: 16،000.00ރ

އެލަވަންސް: ނޮންޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މަހަކު ގިނަވެގެން 3،500.00ރ އަދި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް      އެޓެންޑެންސް އެލަވަންސްގެ ގޮތުގައި 50ރ މިއޮފީހުގެ ބޯޑުން ނިންމަވާފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ދެވޭނެއެވެ. 

 

ފެންވަރު ނުވަތަ ޝަރުތު:

  1. އިންފޮމޭޝަން ޓެކްނޮލޮޖީ، ޑޭޓަބޭސް އެޑްމިނިސްޓްރޭޝަން ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން ދައްވެގެން ބެޗްލާސް ޑިގްރީ ނުވަތަ ޑިޕްލޮމާ  އެއް ޙާޞިލްކޮށްފައިވުން.
  2. ކަމާގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. Microsoft SQL Server 2008 މިދާއިރާއިން ތަމްރީނު ލިބި ސެޓްފިކެޓް ޙާޞިލްކޮށްފައިވާ ފަރާތްތަކަށް ވުން.
  4. ދިވެހި އަދި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން.

މިމަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 07 މާރިޗު 2017 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއި މިމަޤާމުގެ ވަޒީފާ ބަޔާން މިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. މި މަޤާމަށް އެޕްލިކޭޝަން ފޯމު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ދެންނެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

 

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ޢުމަރު ޝޮޕިންގ އާކޭޑް (09 ވަނަ ފަންގިފިލާ)، ޗާނދަނީ މަގު

ފޯން: 1441

ފެކްސް: 3307759

އީމެއިލް: [email protected]