ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ދަރިވަރުންނަށް ޕެންޝަނާއި ބެހޭ ގޮތުން މައުލޫމާތު ދިނުން

2017-03-01 08:50

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގައި ކިޔަވަމުންދާ ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް އަމާޒްކޮށްގެން ޕެންޝަނާއި ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް 27 އަދި 28 ފެބުރުވަރީ 2017 ދެދުވަހު އެ ސްކޫލްގައި ގެންގޮސްފިއެވެ. 

މި ސެޝަނުގައި ދަރިވަރުންނަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ މުހިންމުކަމާއި، މި ސްކީމުގައި ބައިވެރިވެވޭ ގޮތާއި، ޕެންޝަން ސްކީމުތަކުގެ މައުލޫމާތު ދިނުމާއި ޕެންޝަންގެ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ މައުލޫމާތު ދެވުނެވެ. މިފަދަ ސެޝަންތަކުން މަޤްސަދަކީ ސްކޫލް ކުދިން ވަޒީފާއަށް ނުކުންނަ އިރު ޕެންޝަނަށް ހޭލުންތެރިކަން އިތުރުކުރުމެވެ.