ވަޒީފާގެ ފުރުސަތު: އެސިސްޓެންޓް މެނޭޖަރ، ކޮންޕްލައެންސް

2017-03-27 11:33

މިއޮފީހުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް: އެސިސްޓެންޓް މެނޭޖަރ، ކޮންޕްލައެންސް

ޓާރމްސް އޮފް ރިފަރެންސް ވިދާޅުވުމަށް

ވަޒީފާއަށް އެދި ހުށަހަޅާ ފޯމް

ބޭނުންވާ ޢަދަދު: 1

މުސާރަ: 14،000.00ރ

އެލަވަންސް: ނޮންޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މަހަކު ގިނަވެގެން 3،500.00ރ އަދި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް މިއޮފީހުގެ ބޯޑުން ނިންމަވާފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން  އެޓެންޑެންސް އެލަވަންސްގެ ގޮތުގައި 50ރ ދެވޭނެއެވެ. 

ފެންވަރު ނުވަތަ ޝަރުތު:

  1. އެކައުންޓިން/ފައިނޭންސް/ އޮޑިޓިން/މެނޭޖްމަންޓް ނުވަތަ އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ބެޗެލާރސް ޑިގްރީއެއް ނުވަތަ އެއާ އެއްފެންވަރެއްގެ ޕްރޮފިޝަނަލް ސަނަދެއް ހާސިލްކޮށްފައިވުން. 
  2. މަސައްކަތްތަކާގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 އެޕްރީލް ވާ ބުދަ ދުވަހުގެ 16:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއި މިމަޤާމުގެ ވަޒީފާ ބަޔާން މިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ލިބެން ހުންނާނެއެވެ. މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ޝޯޓްލިސް ކުރެވޭ ފަރާތްތައް އެކަންޏެވެ.

 

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ޢުމަރު ޝޮޕިންގ އާކޭޑް (09 ވަނަ ފަންގިފިލާ)، ޗާނދަނީ މަގު

ފޯން: 1441 

ފެކްސް: 3307759

އީމެއިލް: [email protected]