ވަޒީފާގެ ފުރުސަތު: އެސިސްޓެންޓް އިންސްޕެކްޝަން އޮފިސަރ

2017-03-30 16:21

މިއޮފީހުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް: އެސިސްޓެންޓް އިންސްޕެކްޝަން އޮފިސަރ  

ޓާރމްސް އޮފް ރިފަރެންސް ވިދާޅުވުމަށް

ވަޒީފާއަށް އެދި ހުށަހަޅާ ފޯމް

ބޭނުންވާ ޢަދަދު: 1

މުސާރަ: 7،000.00

އެލަވަންސް: ނޮންޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މަހަކު ގިނަވެގެން 2،500.00ރ އަދި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް      މިއޮފީހުގެ ބޯޑުން ނިންމަވާފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން އެޓެންޑެންސް އެލަވަންސްގެ ގޮތުގައި 50ރ ދެވޭނެއެވެ.  

 

ފެންވަރު ނުވަތަ ޝަރުތު:

  1. ޖީ.ސީ.އީ އޭލެވެލް އިމްތިހާނުން 3 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. އަދި ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް (އެޗް.އެސް.ސީ) އިމްތިހާނުން ދިވެހި މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
  2. މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. ކޮމްޕިއުޓަރ އަދި ކޮމްޕިއުޓަރ އެޕްލިކޭޝަންތައް (މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ފަދަ) ބޭނުންކުރަން އެނގުން.
  4. ދިވެހި އަދި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގޭ ފަރާތެއް ކަމުގައިވުން.

         

މިމަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 06 އެޕްރީލް 2017 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއި މިމަޤާމުގެ ވަޒީފާ ބަޔާން މިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. މި މަޤާމަށް އެޕްލިކޭޝަން ފޯމު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ދެންނެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

 

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ޢުމަރު ޝޮޕިންގ އާކޭޑް (09 ވަނަ ފަންގިފިލާ)، ޗާނދަނީ މަގު

ފޯން: 1441 

ފެކްސް: 3307759

އީމެއިލް: [email protected]