ރިސެޕްޝަން އޭރިއާގައި ނަންބޯޑެއް ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުން

2017-04-10 09:07

މިއޮފީހުގެ ރިސެޕްޝަން އޭރިއާގައި ނަންބޯޑެއް ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދަން މިއޮފީހުން ކޮށްފައިވާ ނަންބަރު 216-MPAO/I/2017/10 (21 މާރިޗް 2017) އިޢުލާނާ ގުޅިގެން އެކަށީގެންވާވަރަށް ޕްރޮޕޯސަލް ލިބިފައިނުވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. 

 

އަންދާސީހިސާބު ބޭނުންވެއްޖެ

މިއޮފީހުގެ ރިސެޕްޝަން އޭރިއާގައި ނަންބޯޑެއް ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 17 އޭޕްރީލް 2017 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޢުމަރު ޝޮފިންގ އާކޭޑް، 8 ވަނަ ފަންގިފިލާ)

 

ޕްރޮޕޯސަލް ބަލައިގަތުން:

ތާރީޚު: 24 އޭޕްރީލް 2017 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޢުމަރު ޝޮފިންގ އާކޭޑް، 8 ވަނަ ފަންގިފިލާ)

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެކަމުގައި ބައިވެރިވެވަޑައިނުގެންނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ.  އަދި އީމެއިލް އިންނަމަ  [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.