އެމްޓީސީސީ ގެ މުވައްޒަފުންނަށް ޕެންޝަނާއި ބެހޭ ގޮތުން މައުލޫމާތު ދިނުން

2017-04-18 10:29

އެމްޓީސީސީ ގެ މުވައްޒަފުންނަށް ޕެންޝަނާއި ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް 18 އެޕްރީލް 2017 ވީ އަންގާރަ ދުވަހު ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަނުގައި 23 މުވައްޒަފަކު ވަނީ ބައިވެރިވެފައެވެ. މި ސެޝަންގައި މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ މުހިންމުކަމާއި، މި ސްކީމުގައި ބައިވެރިވެވޭ ގޮތާއި، ޕެންޝަން ސްކީމުތަކުގެ މައުލޫމާތު ދިނުމާއި ޕެންޝަންގެ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ މައުލޫމާތު ދެވުނެވެ.