2 ވަނަ އިންޓަރ ސްކޫލް ޕެންޝަން ކުއިޒް މުބާރާތުގެ ނަތީޖާ ފާޅު ކުރުމާއި އިނާމް ދިނުމުގެ ރަސްމިއްޔާތް

2017-05-18 10:49

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާގެ ޓެލެވިޒަން މޯލްޑިވްސް ގުޅިގެން ކުރިޔަށް ގެންދިޔަ 2 ވަނަ އިންޓަރ ސްކޫލް ޕެންޝަން ކުއިޒް މުބާރާރާތުގެ ނަތީޖާ ފާޅު ކުރުމާއި މުބާރާތުން ވަނަވަނަ އަށް ހޮވުނު ފަރާތްތަކަށް އިނާމް ދިނުން ބާއްވައިފިއެވެ. އިނާމް ދިނުމަށް ބެއްވުނު ރަސްމިއްޔާތު ބޭއްވުނީ މިމަހުގެ 25 ވަނަ ދުވަހު،  މުބާރާތުގެ ފައިނަލް މެޗަށް ފަހު އެވެ.

ފައިނަލުގައި ބައްދަލު ކުރީ ތާޖުއްދީން ސްކޫލާއި އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ. ފޯރިގަދަ ފައިނަލަކަށް ފަހު މުބާރާތުގެ ޗެމްޕިއަން ކަން ހާސިލް ކުރީ ތާޖުއްދީން ސްކޫލެވެ. ރަނަރއަޕް ސްކޫލަކަށް ހޮވުނީ އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ. ތިން ވަނަ އަށް ދިޔަ ސްކޫލަކަށް ހޮވުނީ ޖަމާލުއްދީން ސްކޫލެވެ.

 މުބާރާތުން އެންމެ މަތިން މާރކްސް ހޯދައިގެން 2 ދަރިވަރަކު އެންމެ މޮޅު ދަރިވަރުގެ މަގާމް ހާސިލް ކުރިއެވެ. އެއީ ތާޖުއްދީން ސްކޫލުގެ ޔޫސުފް އީވާން ޝަނޫން އާއި ޖަމާލުއްދީން ސްކޫލުގެ މުހައްމަދު މީކާއީލް އެވެ. 

 

މުބާރާތުން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ތަށްޓާއި ސެޓްފިކެޓް ހަވާލު ކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރިމެހެމާން، ނިޝާން އިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްފާޞިލް ޢަބްދުއްރަޝީދު ހުސައިން އެވެ.