ފައިނޭންޝަލް އެކްސްޕޯ 2017

2017-07-02 08:36

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިފާ ފައިނޭންޝަލް އެކްސްޕޯ 2017 ގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ. ފައިނޭންޝަލް އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 6 ން 8 އަށް ދަރުބާރުގޭގައެވެ. މިއަހަރު ބޭއްވޭ އެކްޕޯގެ ތީމަކީ "ހައުސިން ފައިނޭންސް" އެވެ. ފައިނޭންސް ދާއިރާގެ ތަޖުރިބާކާރުންގެ ޕެނަލް ޑިސްކަޝަންތަކާއެކު ބޭއްވޭ މި އެކްޕޯގައި ގެދޮރު ގަތުމުގެ ގިނަ މައުލޫމާތު ތަކެއް ލިބިގެންދާނެއެވެ.