ވީކެންޑް ވިތް އެމްއެންޑީއެފް ޕްރޮގްރާމް

2017-09-17 08:40

ލީޑަރޝިޕް ހުނަރު އިތުރަށް ތަރައްޤީ ކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި، އެމްއެންޑީއެފުން ޕެންޝަން އޮފީހުގެ މުވައްޒަފުންނަށް ހިންގި ވީކެންޑް ވިތް އެމްއެންޑީއެފް ޕްރޮގްރާމް ނިންމާލައިފިއެވެ. މި ޕްރޮގްރާމް ކުރިއަށްދިޔައީ މިމަހުގެ 14 އިން 16 އަށް ގިރިފުށީގައެވެ. ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދެވެ.

މި ޕްރޮގްރާމްގައި، ޕެންޝަން އޮފީހުގެ 40 މުވައްޒަފުން ބައިވެރިވެފައިވެއެވެ.