އައްޑޫސިޓީގެ އިސްރަށްވެހިންނާއެކު ޕެންޝަން އޮފީސް

2017-10-29 13:53

މި އޮފީހުގެ ފަރާތުން އިސްރަށްވެހިންނަށް އަމާޒު ކޮށްގެން ޙަރަކާތްތަކެއް އަންނަ ނޮވެންބަރު މަހުގެ 4 ވަނަ ދުވަހު އައްޑޫ ސިޓީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ގަމުގައި ހުންނަ އީކުއޭޓާވިލެޖް ގައި ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދުގެ އިސްރަށްވެހިންނަށް ބާއްވާ ޙަރަކާތްތައް އެދުވަހު ހެނދުނު 8:30އިން 1:30އަށް ބޭއްވޭނެއެވެ. ހަމަ އެދުވަހު ހުޅުމީދޫގައި އިސްރަށްވެހިންނަށް ބާއްވާ ޙަރަކާތް ހުޅުމީދޫ ގައި ހުންނަ ހުޅުމީދޫ ސިއްހީ މަރިކަޒުގައި ރޭގަނޑު 8:00ން 9:30 އަށް ބޭއްވުމަށް ވަނީ ރޭވިފައެވެ.

 

އިވެންޓް އަޕްޑޭޓް

29 ނޮވެންބަރު 2017: ޕެންޝަން އޮފީހުގެ ފަރާތުން އިސްރަށްވެހިނަށް އަމާޒު ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "އައްޑޫސިޓީގެ އިސްރަށްވެހިންނާއި އެކު ޕެންޝަންއޮފީސް" ގައި ބައިވެރިވާ ކަމާގުޅޭ މުއައްސަސާތަކާއެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން.